އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އިން ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އިން ނިންމާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ތިލަފުށީގައި ތަރައްޤީކުރަމުންދާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީ ހަވާލުކުރި އެމްޓީސީސީން ވަނީ 60 މީޓަރުގެ އެތެރެ ތޮށްޓެއް އަޅައި، އިތުރު 15 މީޓަރުގެ ތޮށްޓެއް ލުމުގެ މަސައްކަތް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

މި މަޝްރޫޢުއަކީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ބަނދަރުގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ތިލަފުށީގައި ތަރައްޤީކުރެވޭ މި އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލުގެ މަސައްކަތް ފުރިހަމަވުމުން، ރާއްޖޭގެ ވިޔަފާރި އާއި އިމްޕޯޓް، އެކްސްޕޯޓްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެކަމަށް ބެލެވެއެވެ.

މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި މުޅި މަޝްރޫޢު ނިމުމުން، ރާއްޖޭގެ ބަނދަރުތަކުގެ ޚިދުމަތް އިތުރަށް ތަރައްޤީވެ، ޒަމާނީ ފެންވަރަށް ރަނގަޅުވެގެންދާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެއެވެ.

މިއަދު އޮންލައިން