30 އަށްވުރެ ގިނަ ދަރިވަރުންނާއެކު ސެން ޓީޗަރުން ތަމްރީންކުރުމުގެ ކޯސް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
30 އަށްވުރެ ގިނަ ދަރިވަރުންނާއެކު ސެން ޓީޗަރުން ތަމްރީންކުރުމުގެ ކޯސް ފަށައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން މިދިޔަ މަހު ސެން ޓީޗަރުން ތަމްރީންކުރުމުގެ ކޯސް ފަށައިފިއެވެ. މި ކޯހުގައި މިހާތަނަށް 30 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެ ޔުނިވަރސިޓީން މަޢުލޫމާތު ދެއްވާފައިވެއެވެ.

އައިޔޫއެމުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ކޯހުގައި ބައިވެރިވުމަށް 45 ދަރިވަރުން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އަދި މިހާރުވެސް ކޯހުގައި ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވިއެވެ.

މި ކޯހުގެ ދަރިވަރުންގެ ތެރޭގައި ހިމެނެނީ އަލަށް މުދައްރިސްކަން ކިޔަވަން ފަށާ ދަރިވަރުންނާއި، މިހާރު ސްކޫލްތަކުގައި ވަގުތީ މުދައްރިސުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކެވެ. މިއީ އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް މުދައްރިސުން ތަމްރީނުކުރުމަށް ހިންގޭ ކޯހެކެވެ.

ތަޢުލީމީ ވުޒާރާއާ ގުޅިގެން މި ފަދަ ކޯސްތައް ކުރިއަށް ގެންދަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖުގައެވެ. އަދި މި މަހުގެ ތެރޭގައި ވިލާ ކޮލެޖުގައިވެސް މި ކޯސް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

މި ކޯހަކީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ދާއިރާއަށް ޚާއްސަ މުދައްރިސުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން