ކަރަންޓް ކެނޑުން މަދުކުރެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް މިގެންދަނީ ކުރަމުން! ކަރަންޓް ކެނޑުނީމަ ދަތިވަނީ ހަމައެކަނި ޢާންމުންނަކަށް ނޫން!: ޙުސައިން ފަހުމީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
ކަރަންޓް ކެނޑުން މަދުކުރެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް މިގެންދަނީ ކުރަމުން! ކަރަންޓް ކެނޑުނީމަ ދަތިވަނީ ހަމައެކަނި ޢާންމުންނަކަށް ނޫން!: ޙުސައިން ފަހުމީ

ކަރަންޓް ކެނޑުމުން ގެއްލުންތައް ލިބެނީ އަދި އުނދަގޫވަނީވެސް ހަމައެކަނި ޢާންމުންނަށް ނޫން ކަމަށާއި އެންމެންނަށްވެސް އެކަމުގެ ސަބަބުން ތަކްލީފްތައް އުފުލަންޖެހޭތީ ކަރަންޓް ކެނޑުމުގެ މައްސަލަ ޙައްލުކުރަން ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.  

ޙުސައިން ފަހުމީގެ ވާހަކަފުޅުން: 

މާލެއަކީ ދުނިޔޭގެ އެހެން ކެޕިޓަލް ސިޓީތަކާ ޚިލާފް ކޮމަން ގްރިޑްއެއް ނޫން ރައްޖޭގަ މި އޮންނަނީކީ. ހަމައެކަނި ސްޓެލްކޯ ގްރިޑަކީވެސް، ޕަވަރ އުފައްދަނީވެސް. އެހެންމަ ކަރަންޓް ނެތި އުޅެވޭނެ ހާލަތެއް މާލެއަކު މިއަދަކު ނެތް. ކަރަންޓާ ފެނާ މި އަސާސީ ޚިދުމަތްތައް ހުރިހާ ކަމެއް ބިނާވެފަ މިއޮތީ ކަރަންޓުގެ މައްޗަށް. އެހެންމަ ކަރަންޓު ކެނޑުމުން އެއީ އާއްމު ރައްޔިތުން އެކަންޏެއް ނޫން، އަޅުގަނޑުމެންވެސް ކަންބޮޑުވާކަމެއް. 

އެ ކަންބޮޑުވުން އަބަދުވެސް އަޅުގަނޑުމެންގެ އޮވޭ. އެހެންމަ ޑައުންޓައިމް ކުޑަކުރުމަށާއި އަދި ކަރަންޓް ކެނޑޭނެ ކަންތައްތައް، ނުކެނޑޭނެ ގޮތްތައް ޕްލޭން ކުރުމުގަ އަބަދުވެސް އަޅުގަނޑުމެން މަސެއްކަތް ކުރަން. އެހެން ނަމަވެސް ކޮންމެ ކަމެއްވެސް މި ދިމާވަނީ އާޚިރަތުގެ ފައިސާގަ ދެއްތޯ؟ ވަރަށް ބޮޑެތި އަދަދުތަކުގެ ފައިސާގެ ވާހަކަ މި ދައްކަނީ. އެހެންމަ މިހާރުވެސް ސަރުކާރާ ގުޅިގެން އަޅުގަނޑުމެން މަސެއްކަތް ކުރަމުން މި ގެންދަނީ އިރާދުކުރެއްވިއްޔާ ބޮޑު ޕަވަރޕްލާންޓެއް މާލޭގަ އެޅޭތޯ.  

ދެން ސުވާލަކީ ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރުގަ، ނުވަތަ ދޮޅު އަހަރު ވެގެން ދިޔައިރުގަ ކީއްވެތޯ ނުވެގެން ތިއުޅެނީ؟ 

އަޅުގަނޑުމެންގެ ފުރަތަމަ ވިސްނުމަކީ ސަރުކާރު އައިސް އޭރުގަ ވިސްނުމަކީ ހުޅުމާލެއާ، މާލޭގަ އިތުރު ޕަވަރ ޕްލާންޓަތައް ނޭޅުން. އެނގިވަޑައިގަންނަވާނެ ފަދައިން ހުޅުމާލޭ އިންޓަސްޓްރިއަލް އޭރިއާއަކީ މިހާރު އިންޓަސްޓްރިއަލް އޭރިއާއެއް ނޫން. އާއްމު ރައްޔިތުން އުޅޭ ސަރަޙައްދެއް އެ ސަރަޙާއްދަކީ. އެހެންމަ އެ ސަރަޙައްދުގަ ޕަވަރޕަލާންޓެއް އެޅުމުގެ ވިސްނުން އޭރުގަވެސް ހުރި. އެހެންނަމަވެސް އަޅުގަނޑުމެން އަބަދުވެސް ވިސްނީ މީހުންނާ ދުރުގަ ތިލަފުށީގަ ޕަވަރޕްލާންޓެއް އެޅޭތޯ. ސަރުކާރު އައި އިރުގަ އަޅުގަނޑުމެންގެ ވިސްނުމަކީ ދޮޅު އަހަރުތެރޭގަ ބްރިޖްވެސް ނިމޭނޭ. އެހެންނެއްވެސް ނޫން އެކަންތައް އަދިއެއް ދިޔައީކީވެސް. ބްރިޖްވެސް އިރާދުކުރްވިއްޔާ ނިމޭނެ. އެހެން ނަމަވެސް މީ މި ކަރަންޓް ކެނޑުމުގެ މައްސަލައަށް އަޅުގަނޑުމެން ހައްލެއް ހޯދާނަން ދުރުނޫން މުސްތަޤްބަލެއްގަ.

މިއަދު އޮންލައިން