ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމާއި ގުޅޭގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މުވައްޒަފުންނަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ޖުމްލަ 12 ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ މި ސެޝަންގައިވަނީ، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމަކީ ކޮބައިކަމާއި، މިކަމާއި ގުޅޭ ޤާނޫނާއި ޤަވައިދާއި، އެކުލެވިގެންދާ މިންގަނޑުތަކާއި، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުޢާމަލާތްކުރާނެ ގޮތްތަކާއި، އެކްސިސިބިލިޓީ އާއި ގުޅޭ ގޮތުން ބައިވެރިންނަށް މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައެވެ.

ހަމައެހެންމެ، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މެދު ކުރިން ދެކެމުންއައި ގޮތްތަކާއި، އެ ވިސްނުންތައް ބަދަލުކޮށް އެފަރާތްތައް ވެސް ޝާމިލުކޮށްގެން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުން މި ސެޝަނުގައި ވަނީ އަލިއަޅުވާލާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދަޢުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅު ފުއްދުމުގެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުސަތާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ލިބިދިނުމުގެ ހައްޤު ލިއްބައިދިނުމަށްޓަކައި، އެކަމަށް މަގުފަހިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ހައްޤު ކަށަވަރުކުރުމަށް މިވުޒާރާރިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.

 

 

ހަބަރު: ސަރުކާރު

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން