މޯލްޑިވިއަނުން ބ. ކަމަދުއަށް ސީޕްލޭންގެ ދަތުރުތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
މޯލްޑިވިއަނުން ބ. ކަމަދުއަށް ސީޕްލޭންގެ ދަތުރުތައް ފަށައިފި

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބ. ކަމަދުއަށް ސީޕްލޭންގެ ދަތުރުތައް މިއަދު ވަނީ ފަށައިފައެވެ. މިގޮތުން ސީޕްލޭން ޚިދުމަތް ކަމަދުއަށް ތަޢާރަފުކުރުމުގެ ގޮތުން ފުރަތަމަ ދަތުރު މިއަދު ވަނީ ކޮށްފައެވެ.

މޯލްޑިވިއަނުން މަޢުލޫމާތު ދެއްވާގޮތުގައި ކަމަދުއަށް ސީޕްލޭން ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއަކު ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މި ޚިދުމަތާއެކު ދިވެހިންނަށް ޚާއްސަ ފެއަރއެއްވެސް އެ އެއަރލައިނުން ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން، މާލެއިން ކަމަދުއަށް ސީޕްލޭންގެ ޓިކެޓެއްގެ އަގު ހަމަޖެހިފައިވަނީ 1,199 ރުފިޔާއަށެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މި ފުރަތަމަ ދަތުރުގައި ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރަކަށް ދާދިފަހުން ކަނޑައެޅުނު "ވަން ޕީސް" ސީރީޒްގެ ތަރި ޓެޒް ސްކައިލަރވެސް ވަނީ ބައިވެރިވެފައެވެ.

ކަމަދޫއަކީ ރަށު ފަތުރުވެރިކަން އަވަސް ދުވެލީގައި ކުރިއަރަމުން އަންނަ ރަށެކެވެ. މި ސީޕްލޭން ޚިދުމަތް ފެށުމާއެކު އެ ރަށުގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި މުޅި ރަށަށްވެސް އިޤްތިޞާދީގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން