ހިޔާ ޓަވަރުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތުގެ 66 އިންސައްތަ ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހިޔާ ޓަވަރުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތުގެ 66 އިންސައްތަ ނިމިއްޖެ

ހިޔާ ޓަވަރުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތުގެ 66 އިންސައްތަ ނިމިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެޗްޑީސީން ދެއްވި މައުލޫމާތުގައި، މި މަޝްރޫއުގެ ޑިޒައިން އަދި ސިވިލް މަސައްކަތުގެ 100 އިންސައްތަ ވަނީ ނިމިފައެވެ. މީގެ އިތުރުން ލިފްޓްގެ ސްޓްރަކްޗަރ ބެހެއްޓުމުގެ 43 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ލިފްޓު ހަރުކުރުމުގެ 38 އިންސައްތަ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.

ހިޔާ ޓަވަރުތަކުގެ މަސައްކަތުގެ ތަފްސީލަށް ބަލާއިރު، ޓަވަރު 1 އަދި 2 ގައި ލިފްޓް ބަހައްޓައި ނިމި، މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. ނަމަވެސް ޓަވަރު 1 ގެ ލިފްޓަށް ދިމާވެފައިވާ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އަދި ޓަވަރު 3 އަދި 4 ގައި ލިފްޓް ހަރުކޮށް، ފިނިޝިންގ މަސައްކަތްތައް ކުރިއަށްދާއިރު، ޓަވަރު 5-6 ގައި ލިފްޓް އިންސްޓޯލްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މި މަޝްރޫއަކީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހިޔާގެ ހުރިހާ ޓަވަރެއްގައި ޖުމްލަ 32 ލިފްޓް ހަރުކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އެޗްޑީސީން ވަނީ ކުރިން ހާމަކޮށްފައެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، ގިނަ ރައްޔިތުން ވަނީ ލިފްޓްގެ ދަތިކަން ތަހައްމަލުކުރަމުން ގޮސްފައެވެ. މި މަސައްކަތް ނިމުމުން ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިފްޓްގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ.

މިއަދު އޮންލައިން