ކުރިއަށް އޮތް 20 އަހަރު ޤައުމު ތަރައްޤީގެ މަގުޗާޓަށް ޢިލްމީ ދިރާސާތަކުގެ ހޯދުންތައް ހުށައަޅަން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކުރިއަށް އޮތް 20 އަހަރު ޤައުމު ތަރައްޤީގެ މަގުޗާޓަށް ޢިލްމީ ދިރާސާތަކުގެ ހޯދުންތައް ހުށައަޅަން ހުޅުވާލައިފި

ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް 20 އަހަރު ޤައުމު ތަރައްޤީވެގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ފެށިއްޖެއެވެ. މި މަސައްކަތް ކުރިއަށްދަނީ މިނިވަން ކޮންސަލްޓަންސީ ކުންފުންޏެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސް މެދުވެރިކޮށެވެ.

މި ޕްލޭނަކީ އާންމު ރައްޔިތުންނާއި، އެކި ދާއިރާތަކުގެ ފަންނީ މާހިރުންގެ ޚިޔާލާއި، ޢިލްމީ ދިރާސާތަކުގެ ހޯދުންތަކަށް ބިނާކޮށް އެކުލަވާލެވޭ ޕްލޭނެކެވެ. މި ޕްލޭންގައި އެންމެ އިސްކަމެއް ދެވެނީ ޢިލްމީ ދިރާސާތަކުގެ އަލީގައި މަޢުލޫމާތު އެއްކުރުމަށެވެ.

ނެކްސިއާ މޯލްޑިވްސްގެ އެމްޑީ ޙާމިދު ޞާދިޤް ވިދާޅުވި ގޮތުގައި، "މި ދިރާސާތަކާ ގުޅޭ ޚިޔާލުތައް ހުށަހެޅުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލިންކްތައް ޙިއްސާކުރެވި، އަދި އަވަސް މުސްތަޤުބަލެއްގައި ވެބްސައިޓެއްވެސް ތަޢާރަފުކުރެވޭނެ" އެވެ. އަދި މި ދިރާސާތައް ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 15 ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޔުނިވަރސިޓީ ދަރިވަރުންނާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނަށް އެމީހުންގެ ދިރާސާތަކާއި ހޯދުންތައް ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މި ދިރާސާތަކަކީ ކުރީގެ ތަޖުރިބާތަކާއި އައު ހޯދުންތަކަށް ބިނާކޮށް، ކުރިމަގަށް ފައިދާހުރި ޚިޔާލުތައް ހިމެނޭ ކަރުދާސްތަކެކެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ، ދުރު ރާސްތާގެ ނިންމުންތައް ނިންމުމުގައި ޢިލްމީ ހޯދުންތަކަށް ބުރަވުމެވެ. އަދި މި ޕްލޭންއަކީ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، ކުރިމަގުގައި ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށް އެޅޭ ދެމެހެއްޓެނިވި ފިޔަވަޅުތަކެއް ކަމުގައި ވެގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން