ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ފަށައިފިއެވެ.

މިނިސްޓްރީން މިކަމާ ގުޅޭގޮތުން ދެއްވި މައުލޫމާތުގައި، ގުޅިފަޅުން ދޫކޮށްފައިވާ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަސައްކަތް ނިމުމުން އަންނަ ހަފްތާއިން ފެށިގެން ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ބިންވެރިޔާ ސްކީމަކީ ސަރުކާރުން މާލޭގެ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ގުޅިފަޅުން ގިނަ އަދަދެއްގެ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން ދޫކުރެވޭ ބިންތަކުގައި އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، ބިންތައް ރަނގަޅަށް ސާފުކޮށް، އިންވަކިކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

 

މިއަދު އޮންލައިން