އެންސްޕާގެ ކައުންޓަރުގެ ޚިދުމަތް މ. އުތުރުވެހި، 6 ވަނަ ފަންގިފިލާއަށް ބަދަލުކުރަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
އެންސްޕާގެ ކައުންޓަރުގެ ޚިދުމަތް މ. އުތުރުވެހި، 6 ވަނަ ފަންގިފިލާއަށް ބަދަލުކުރަނީ!

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، އެ އެޖެންސީގެ ކައުންޓަރުގެ ޚިދުމަތް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނީ މ. އުތުރުވެހި، 6 ވަނަ ފަންގިފިލާއިންނެވެ.

އެންސްޕާއަކީ ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމުގެ އިތުރުން، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ އެކިއެކި ޕްރޮގްރާމްތައް ރާވައި ހިންގާ މުހިންމު އިދާރާއެކެވެ. އެ އެޖެންސީ އިން ރައްޔިތުންނަށް ގިނަގުނަ އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތަކެއް ފޯރުކޮށްދެމުން ގެންދެއެވެ.

އެންސްޕާގެ ކައުންޓަރު ޚިދުމަތް ބަދަލުކުރާ މ. އުތުރުވެއްސަކީ ކެނެރީމަގުގައި ހުންނަ، ކުރިން ހިއުމަން ރައިޓްސް ކޮމިޝަން ހިންގަމުން ގެންދިޔަ އިމާރާތެވެ.

މި ބަދަލާއެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކަކާއެކު ޚިދުމަތް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

އެންސްޕާގެ ކައުންޓަރު ޚިދުމަތް ލިބެން ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ. 

މިއަދު އޮންލައިން