މާދަމާއަކީ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް، ޕާސްޕޯޓު ހެއްދުމާއި ދޫކުރުން ކުރިއަށްދާނެ: އިމިގްރޭޝަން

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
މާދަމާއަކީ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް، ޕާސްޕޯޓު ހެއްދުމާއި ދޫކުރުން ކުރިއަށްދާނެ: އިމިގްރޭޝަން

މާދަމާއަކީ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް، ޕާސްޕޯޓު ހެއްދުމާއި ދޫކުރުމުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އިއުލާނުކޮށްފިއެވެ.

އިމިގްރޭޝަނުން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ މާދަމާ ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އާ ހަމައަށް ކަމަށާއި، މި ޚިދުމަތް ލިބިވަޑައިގަންނަވާނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުން ކަމަށެވެ.

މީގެއިތުރުން، މާދަމާ އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއްވިއެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިމިގްރޭޝަނުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިން ނަންބަރު 9555333 އަށް ގުޅުއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މި ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މިއަދު އޮންލައިން