ވޯލްޑް ހާރޓްސް ފެޑަރޭޝަނުން އެކުލަވާލި ޕެޓިޝަންތަކުގެ ތެރެއިން އެންމެ ގިނަ ސޮއި ލިބުނު 2 ވަނަ ޖަމްޢިއްޔާއަކަށް ރާއްޖޭގެ ޓައިނީ ހާރޓްސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ވޯލްޑް ހާރޓްސް ފެޑަރޭޝަނުން އެކުލަވާލި ޕެޓިޝަންތަކުގެ ތެރެއިން އެންމެ ގިނަ ސޮއި ލިބުނު 2 ވަނަ ޖަމްޢިއްޔާއަކަށް ރާއްޖޭގެ ޓައިނީ ހާރޓްސް

ގައިންގަޔަށް ނާރާ ބަލިތަކަށް ޚާއްސަކޮށްގެން އދ. އިން މިއަހަރު ބާއްވާ ހައިލެވެލް ބައްދަލުވުމުގައި ހިތުގެ ބަލިތަކަށް ޚަރަދުކުރާ މިންވަރު އިތުރުކުރުމަށް ވަކާލާތުކުރާ ދެވަނައަށް އެންމެ ގިނަ ސޮއި ލިބުނު ޕެޓިޝަނަކަށް ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ޕެޓިޝަން ވެއްޖެއެވެ.

ވޯލްޑް ހާރޓްސް ފެޑަރޭޝަނުން އެކުލަވާލި ޕެޓިޝަންތަކުގެ ތެރެއިން އެންމެ ގިނަ ސޮއި ލިބުނު 2 ވަނަ ޖަމްޢިއްޔާއަކަށް ރާއްޖޭގެ ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން ކުރާ މަސައްކަތްތައް ވުމާއެކު، އެ ޖަމްޢިއްޔާއިން ވަނީ މިއީ ބައިނަލްއަޤްވާމީ ގޮތުން ހިތުގެ ބަލިތަކަށް ވަކާލާތުކުރުމަށް ރާއްޖެއަށް ލިބޭނެ މުހިއްމު ފުރުޞަތެއްކަން ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގައި ވަކާލާތުކުރުމަށް ވޯލްޑް ހާރޓްސް ފެޑަރޭޝަނުން ވަނީ ހިތުގެ ބައްޔަށް ފަރުވާ ހޯދުމާއި ހޭލުންތެރިކުރުމުގެ ވާހަކަތަކުގެ ތެރެއިން 10 ބައެއްގެ ވާހަކަތަކަށް ޕެޓިޝަން ތައްޔާރުކޮށް، ޗޭންޖް.އޯގް މެދުވެރިކޮށް ސޮއި ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން، އދ. ގެ ހައިލެވެލް ބައްދަލުވުމުގައި ވަކާލާތު ކުރުމަށް އެންމެ ގިނަ ސޮއި ލިބޭ ޕެޓިޝަނަށް ވުމަށް މަދުވަނީ ގާތްގަނޑަކަށް 50 ސޮއިކަމަށް ޓައިނީ ހާރޓްސްއިން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައެވެ. އަދި ވޯލްޑް ހާރޓް ފެޑަރޭޝަނުން މިދުވަސް ފާހަގަކުރަން ފެށިތާ މިއަހަރަށް 25 އަހަރު ފުރޭނެއެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ އެކި ދައުލަތްތަކުގެ ވެރިންނާއި ރައީސުން ބައިވެރިވާ ބައްދަލުވުމެއް ކަމަށްވެފައި، ހިތުގެ ބަލިތަކުގައި ފަރުވާ ދިނުމަށާއި ހޭލުންތެރިކަން އިތުރުކުރުމާއި ވަކާލާތު ކުރުމަށް ކުރާ ޚަރަދުތައް މިހާރަށްވުރެ ބޮޑަށް އިތުރުކުރުމަށް ވަކާލާތުކުރުމަށް ވޯލްޑް ހާރޓްސް ފެޑަރޭޝަނުން ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން