އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް މަޝްރޫޢު، އެޗްޑީސީ އާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް މަޝްރޫޢު، އެޗްޑީސީ އާ ހަވާލުކޮށްފި

އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓާ މަޝްރޫޢު، އެޗްޑީސީއާ ހަވާލުކުރުމާއި ގުޅޭ އެއްބަސްވުމުގައި މިދިޔަ އާދީއްތަ ދުވަހު ސޮއިކޮށްފިއެވެ.

އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހޮޓަލް މަޝްރޫޢު އެޗްޑީސީއަށް ހަވާލުކުރުމަށް އެއްބަސްވެފައިވަނީ 20 މިލިޔަން ޔޫއެސް ޑޮލަރަށް އަގުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ފެށި އިމާރާތުގައި ފަސްތަރީގެ ހޮޓަލެއް ތަރައްޤީކުރުމަށް މިހާރު ސަރުކާރުން ވަނީ ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

މި ހޮޓަލްގައި ހިމެނޭ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި 158 ކޮޓަރީގެ އިތުރުން، ބެންކުއެޓް ހޯލަކާއި، މަލްޓި ޕާރޕަސް ހޯލަކާއި، ކޮންފަރެންސް ހޯލްތަކެއް ހިމެނެއެވެ. މީގެ އިތުރުން ސްވިމިންގ ޕޫލާއި، ބައިނަލްއަގްވާމީ ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑާއި، ޖިމާއި ސްޕާގެ ޚިދުމަތްވެސް މި ހޮޓަލުން ލިބޭނެއެވެ.

މި ހޮޓަލުގައި ސަރުކާރަށް ޚާއްސަކުރެވިފައިވާ ތަންތަން ވެސް ހިމެނޭނެއެވެ. މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ގިނަ ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން