ޗައިނާގެ ތިން ސިޓީއަކަށް އަގު ހެޔޮކޮށް، ޚާއްޞަ ފެއާއެއް މޯލްޑިވިއަނުން ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޗައިނާގެ ތިން ސިޓީއަކަށް އަގު ހެޔޮކޮށް، ޚާއްޞަ ފެއާއެއް މޯލްޑިވިއަނުން ތަޢާރަފުކޮށްފި

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ޗައިނާގެ ތިން ސިޓީއަކަށް ދަތުރުކުރުމަށް ޚާއްޞަ ޕްރޮމޯޝަނެއް ތަޢާރަފުކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން އެ އެއަރލައިނުން ދަތުރުކުރާ ޗައިނާގެ ވެރިރަށް ބެއިޖިންގ އާއި، އިޤްތިޞާދީ މަރުކަޒު ޝަންހާއީ އަދި ސިޗުއަން ޕްރޮވިންސްގެ ވެރިރަށް ޗެންގްޑޫއަށް ހެޔޮ އަގެއްގައި ޓިކެޓު ލިބެން ހުންނާނެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން، މާލެއިން މި ތިން ސިޓީއަށް ދަތުރުކުރާ ފަސިންޖަރުންނަށް ދެކޮޅު ޓިކެޓު 499 އެމެރިކާ ޑޮލަރަށް ލިބޭނެއެވެ. އަދި މި ތިން ސިޓީއަށް ކުރާ ދަތުރުތަކުގެ ގަޑިތައް ތާވަލުކޮށްފައިވަނީ ޗުއްޓީ ހޭދަކުރަން ދާ އާއިލާތަކަށާއި، ވިޔަފާރި ބޭނުންތަކުގައި ދަތުރުކުރާ ފަރާތްތަކަށްވެސް އެންމެ ފަސޭހަވާނެ ގޮތަށެވެ.

މި ޕްރޮމޯޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ދިވެހި ދަތުރުވެރިންނަށެވެ. އަދި ޗައިނާއަށް އެތެރެވާ ދިވެހިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެއެވެ. މިއީ ދިވެހިންނަށް ޗައިނާއަށް ދަތުރުކުރުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.

މޯލްޑިވިއަނުން މި ޚާއްޞަ ޕްރޮމޯޝަން ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މި ޚާއްޞަ އަގުގައި ޓިކެޓު ގަނެވޭނެއެވެ.

މިއަދު އޮންލައިން