ކިޔާލައިފިނަމަ އަންތަރީސްވާނެ! ބައިވެރިޔާއަށާ ލޯބިވެރިންނަށް ބޭވަފާތެރިވުން ޢާންމުވެފައިވާ މިންވަރު ޚިޔާލަށްވެސް ގެނެވޭވަރެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ކިޔާލައިފިނަމަ އަންތަރީސްވާނެ! ބައިވެރިޔާއަށާ ލޯބިވެރިންނަށް ބޭވަފާތެރިވުން ޢާންމުވެފައިވާ މިންވަރު ޚިޔާލަށްވެސް ގެނެވޭވަރެއް ނޫން!

ބީޗް ސަރަހައްދުގެ ހޮޓަލެއްގެ ކައިރީގައި ހުރި ޖޯއަށް އޭނާގެ އެކުވެރި ހޫ އަންހެނަކު ގޮވައިގެން އަންނަތަން ފެނުމުން ރަނގަޅަށް ބަލައިލިއިރު އެއަންހަނަކީ އޭނާގެ ހަގުކޮއްކޮގެ އަނބިމީހާ ޖީ އެވެ. 

ފަހަރި އޭނާގެ ކޮއްކޮއަށް ބޭވަފާތެރިވީތީ ރުޅިއައިސް އެއްޗެތި ގޮވަން ހުއްޓައި އެތަނަށް އައުދެވެނީ ޖޯގެ ލޯބިވެރިޔާ ނީ އަށެވެ. ނީ އަކީ ފަހަރި ގޮވައިގެން އައި ޒުވާނާގެ އަނބިމީހާގެ ރަޙްމަތްތެރިއެކެވެ. އައި ރުޅީގައި އޭނާއަށް ފޯނުކުރުމުން ފޯނު ރިންގްވާންފެށީ ނީގެ ލޯބިވެރިޔާ ޖޯ ލައިގެން ހުރި ހަރުވާޅުގެ ޖީބުންނެވެ. 

މައްސަލަ އިތުރަށް ހޫނުވާންފެށިއެވެ. ހޫގެ އަނބިމީހާގެ ފޯނު ޖޯގެ ޖީބުގައި އޮންނަން ޖެހުނު ސަބަބާއިމެދު ޒުވާބުކުރަން ތިއްބައި އެތަނަށް އައި ހޮޓަލުގެ މުވައްޒިފަކު ބުނީ ޖޯގެ ކޮޓަރީގައި އިން މެޑަމް އޭނާގެ ފޯނު ބޭނުންވެގެން ގެނެސްދިނުމަށް ބުނިކަމަށެވެ. 

މިއެނގުނީ ޖޯ މިއުޅެނީ ހޮޓަލަށް ހޫގެ އަނބީމިހާ ގެނެސް ކޮޓަރިއަކަށް ލައިގެން ކަމެވެ. އެހިސާބުން ޖޯގެ ލޯބިވެރިޔާ ރޮމުން ބުނަންފެށިއެވެ. "ޖޯއެވެ. އަހަރެން ކަލެއަށް ކޮށް ނުދެނީ ކޮން ކަމެއް ހެއްޔެވެ؟ ވަފާތެރިވުމުގެ އިތުރުން ބުނިހާ ވަރަކަށް ފައިސާ އެބަދެމެވެ. މިހަފްތާ ބަންދަށްވެސް ފައިސާދިނީމެވެ. އެފައިސާ ޚަރަދުކޮށްގެން ހިލޭ އަންހެނުން ގެންގުޅެން ލަދެއް ނުގަނޭ ހެއްޔެވެ؟" 

އެވަޤުތު އެތަނަށް އައުދެވުނު ޒުވާން ފިރިހެނަކަށް އޭނާ ކައިވެނިކުރަން އުޅޭ ލޯބިވެރިޔާ ރޯތަން ފެނުމުން ދުވެގޮސް ބައްދާލައި ލޯބިވެރިޔާއަށް އަނިޔާކުރީ ކާކުތޯ ކުރީ ކޮން އަނިޔާއެއްތޯ ސުވާލުކުރުމުން އަނެއްކާވެސް މައްސަލަ އިތުރަށް ހޫނުވެ ޒުވާބުގެ އަޑުގަދަވެގެންދިއައެވެ. 

އެހިސާބުން އެހޮޓަލުގެ ވެރިމީހާ އައިސް އެސަރަޙައްދުން އެއެންމެން ފައްސައިލިއެވެ. 

މިކިޔައިދިނީ އަހުރެން ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. މިވީޑިއޯ ކުޅެފައިވަނީ މިމައްސަލަ ޢާންމުވެފައިވާވަރު އަންގައިދީ ހޭލުންތެރި ކުރުވުމަށް ނަމަވެސް މިއީ މިއަދު މިކަން އޮތް ޙާލަތުކަމަށް އެއްބަސްވާން އެބަޖެހެއެވެ. އަބަދުހެން މިބާވަތުގެ މައްސަލަތައް ފެންމަތިވަމުން އަންނާތީއެވެ. 

ބުނެލަން ބޭނުންވަނީ ލޯބީގައި ތެދުވެރިވުމާއި ވަފާތެރިވުމުގެ ކަންކަން މިއަދު މިއޮތީ މިޙާލުގައެވެ. ދެމަފިރިންގެ ޙާލު މިހުރީ މިކަހަލަ ގޮތަކަށެވެ. އަނެކާ ކުށްވެރިކޮށް އިނގިލި ދިއްކުރެވެން އޮތް މީހަކު ހާދަމަދެވެ. 

އަހުރެންގެ ކައިވެންޏަށް އަދި މާގިނަ އަހަރުތަކެއްވީކަމަށް ބުނާކަށް ނެތީމެވެ. އަދި މިވީ އެންމެ 8 އަހަރެވެ. އެކަމަކު ހުވާކޮށްފައި ބުނަން ޖެހިލުމެއް ނުވަމެވެ. އަހުރެންގެ ބައިވެރިޔާއަށް ޚިޔާނާތްތެރިވުމުގެ އެއްވެސް ޢަމަލެއް ނުކުރަމެވެ. ނުވެސް ކުރާނަމެވެ. އެކުގައި އުޅެން ބޭނުން ނުވެއްޖެނަމަ ނުވަތަ ބައިވެރިޔާ ބަދަލުކުރަން ބޭނުންވެއްޖެނަމަ ފުރަތަމަ ވަރިވާނީއެވެ. ފިރިމީހާއަށް ޚިޔާނަތްތެރިވިކަމުގެ ފާފަ އެއްވެސް ވަރަކަށް ބޮލަކު ނުއަޅާނަމެވެ. އިން ޝާ ﷲ

 

- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން