ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅައި ގޮތަށް ހެދުމަކީ, ކައުންސިލްތަކުން ހުށަހާ ކަންކަމަށް ރައިސް ޢަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެތްކެއް: އާދަމް ޝަރީފު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅައި ގޮތަށް ހެދުމަކީ, ކައުންސިލްތަކުން ހުށަހާ ކަންކަމަށް ރައިސް ޢަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެތްކެއް: އާދަމް ޝަރީފު

ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅައި ގޮތަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް ޢަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެތްކެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި މިނިސްޓަރ ވިދާޅުވެފައިވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރު ކުރެވޭނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ އިތުރު ކުރެވޭނެ ވިސްނުންތަކެއް އުފަން ކުރެވިގެން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ދެވޭނެ ހަކަތަ ކައުންސިލްތަކުގައި ހުރެގެން ކަމަށެވެ.

އެކްސްގައި މިނިސްޓަރ ކުރެއްވި މި ޕޯސްޓްގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ރައީސްލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އިންޞާފުވެރި ގޮތަކަށް ކައުންސިލުތައް މާލީ ގޮތުން ބާރުވެރިވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

 

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން