ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ކޭތަ ނަމާދުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމަވާފައެވެ. މިގޮތުން ކޮންމެ ރަށެއްގައިވެސް އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ކައުންސިލްތަކަށް އަންގަވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުއްވާފައިވާ ސަރކިއުލާގައި ވިދާޅުވެފައިވާ ގޮތުގައި، މާދަމާ ރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:28 ގައެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭ 11:11 ގައި ކަމަށާއި، ހަނދުކޭތަ ވީއްލާނީ ރާއްޖެ ގަޑިން މެންދަމު އަލިވެ 1:55 ހާއިރުގައި ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 11:12 ގައެވެ. މާލޭގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ. އަދި ހުޅުމާލޭގައި ކޭތަ ނަމާދު ކުރެވޭނީ މަސްޖިދުއް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އަންގަވާފައެވެ.