ހުޅުމާލޭގައި ޚާއްސަ މެޑިކަލް ކޭމްޕެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހުޅުމާލޭގައި ޚާއްސަ މެޑިކަލް ކޭމްޕެއް ބާއްވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްސަ މެޑިކަލް ކޭމްޕެއް މިއަދު ބާއްވައިފިއެވެ. ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ކޭމްޕް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

ހުޅުމާލޭ ފޭސް 2 ގެ ރުއްގަނޑު 3 ސަރަޙައްދުގައި ބޭއްވުނު މި ކޭމްޕް ކުރިއަށްގެންދިޔައީ ހަވީރު 4 އިން ރޭގަނޑު 10:30 އަށެވެ. މި ކޭމްޕުގެ ސަބަބުން އާންމު ރައްޔިތުންނަށް އެކި ދާއިރާތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް، ޞިއްޙީ މަޢުލޫމާތު ހޯދައި، މެޑިކަލް ޗެކަޕް ހެދުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.

"މި ކޭމްޕުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި ރައްޔިތުން އިތުބާރުކުރާ ޞިއްޙީ މަރުކަޒުތައް. އަދި ހޮސްޕިޓަލްތަކުން ލިބެންޖެހޭ ގިނަ ޚިދުމަތްތަކެއް މި ކޭމްޕުން ލިބޭނެ،" މިހެން ވިދާޅުވީ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ރައީސް ޖިހާދު ޢަބްދުﷲ އެވެ.

ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއަކީ ދެވަނަ ފިޔަވަހީގައި އުފެދިފައިވާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން ދަނީ އެ ސަރަޙައްދުގެ އިޖްތިމާޢީ ގުޅުން ހަރުދަނާކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެކިއެކި ޙަރަކާތްތައް ރާވައި ހިންގަމުންނެވެ.

 

މިއަދު އޮންލައިން