ސިއްޙީ ކަންކަމަކީ އެއްވެސް އިރެއްގައި ހަމައެކަނި ސަރުކާރުން ކުރެވޭ މަސައްކަތަކުން އޭގެ އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވޭނެ ކަންތައްތަކެއް ނޫން: ސިއްޙީ ވަޒީރު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ސިއްޙީ ކަންކަމަކީ އެއްވެސް އިރެއްގައި ހަމައެކަނި ސަރުކާރުން ކުރެވޭ މަސައްކަތަކުން އޭގެ އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވޭނެ ކަންތައްތަކެއް ނޫން: ސިއްޙީ ވަޒީރު

ސިއްޙީ ކަންކަމަކީ އެއްވެސް އިރެއްގައި ހަމައެކަނި ސަރުކާރުން ކުރެވޭ މަސައްކަތަކުން އޭގެ އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވުނު ޚާއްސަ މެޑިކަލް ކޭމްޕު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިއްޙީ ކަންކަން ފެށޭ ހިސާބަކީ ހެލްތު ފެސިލިޓީތައް ކަމުގައި ދެކުމަކީ މާޒީވެ ގޮސްފައިވާ ބޯދާ ޚިޔާލެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދުޅަހެޔޮ އާބާދީއެއްގެ މަސައްކަތް ފެށޭ ހިސާބަކީ ޢާއިލާތަކާއި، މުޖުތަމައުތަކާއި، އެކުވެރިންނާއި އަދި މުޖުތަމައުގައި ޝާމިލްވާ އެންމެންގެ މަސައްކަތް ކަމުގައި ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ދުޅަހެޔޮ އާބާދީއަކަށްވުރެ ވަކިން ބޮޑު ނިޢުމަތެއް ޤައުމަކަށް ނުލިބޭނެ ކަމަށް ފާހަގަކުރައްވައި، ޤައުމުގެ އުފެއްދުންތެރިކަމާއި ކުރިއެރުން ގުޅިލާމެހިފައިވަނީ އެ ޤައުމެއްގެ ރައްޔިތުންގެ ފުރިހަމަ ސިއްޙަތާ ކަމަށް ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އުފެއްދުންތެރިކަން އިތުރުވެ، އުފާވެރި އާބާދީއެއް ދިރިއުޅޭ ޤައުމެއްގެ ގޮތުގައި ޤައުމު ވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން ދުރުކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދުންފަތް ވިއްކާ ފަރާތްތަކާއި، ދުންފަތުގެ ޚިދުމަތް ހޯދާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ލާޒިމުކުރެވިފައިވާ ފަރާތްތަކުގެ އެއްބާރުލުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

 

މިއަދު އޮންލައިން