މޯލްޑިވިއަނުން ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް މެލޭޝިއާ އަދި ބެންކޮކަށް ޚާއްޞަ ދަތުރުތަކެއް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މޯލްޑިވިއަނުން ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް މެލޭޝިއާ އަދި ބެންކޮކަށް ޚާއްޞަ ދަތުރުތަކެއް ފަށަނީ

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް މެލޭޝިއާގެ ކުއަލަލަންޕޫރު އަދި ތައިލޭންޑުގެ ބެންކޮކަށް ޚާއްޞަ ދަތުރުތަކެއް ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތަކަށް ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މޯލްޑިވިއަނުން މި ދަތުރުތަކަށް ވަރަށް ހިތްގައިމު އަގުތަކެއް ހުށަހަޅާފައިވެއެވެ. މެލޭޝިއާއަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 355 ޑޮލަރެވެ. އަދި ބެންކޮކަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 399 ޑޮލަރެވެ.

މެލޭޝިއާއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރުން ފެށިގެން ޖަނަވަރީ 11 އާ ހަމައަށެވެ. މި ދަތުރުތައް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުއެވެ. ބެންކޮކަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 23 އިން ފެށިގެން ޖަނަވަރީ 13 އާ ހަމައަށެވެ. މި ދަތުރުތައް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުއެވެ.

މޯލްޑިވިއަނުން މީގެ ކުރިންވެސް ރާއްޖެއާއި މެލޭޝިއާއާ ދެމެދު ޚާއްޞަ އަދި ސީޒަނަލް ދަތުރުތަކެއް ބާއްވާފައިވެއެވެ. މި ދަތުރުތަކުގެ ސަބަބުން މެލޭޝިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

މި ދަތުރުތަކަކީ ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން މެލޭޝިއާ އަދި ތައިލޭންޑަށް ދަތުރުކުރުމަށް ރާވާ ދަތުރުތަކަށް ވުމާއެކު، މި ދަތުރުތަކުން ގިނަ ފަރާތްތަކަކަށް ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން