4000 ފުލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުޞަތު ހުޅުވާލައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
4000 ފުލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުޞަތު ހުޅުވާލައިފި

ގެދޮރުވެރިކުރުމުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މަސައްކަތް ނިމެމުންދާ ވަރަކުން ފްލެޓްތަކުގެ ވެރިފަރާތްތަކަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުޞަތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ހުޅުވާލައިފިއެވެ.

އެފްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު އެ ކުންފުނިން އަންނަނީ ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ނިންމުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެފްޑީސީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް 3088 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލުމަށް ތާވަލްކޮށްފައިވާއިރު، އޭގެ ތެރެއިން 3032 ފަރާތަކާއެކު ވަނީ އެއްބަސްވުން އެކުލަވާލާފައެވެ. އަދި ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ފަރާތްތަކުގެ ތެރެއިން، މަސައްކަތް ނިމިފައިވާ ފްލެޓްތަކުގެ ވެރިފަރާތްތަކަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް އަންގަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެފްޑީސީން އިތުރަށް ހާމަކުރި ގޮތުގައި، ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް ހަމަޖެހިފައިވަނީ އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށެވެ. އަދި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެޕާޓްމަންޓްތައް ޔުޓިލިޓީ ޚިދުމަތްތަކަށް ރަޖިސްޓަރީކޮށް، ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން