ސްޓެލްކޯ ހިންގުމަށް ފުރުޞަތު ދެއްވި ކަމަށްޓަކައި ރައީސް އަށް ފަހުމީ ޝުކުރު އަދާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ސްޓެލްކޯ ހިންގުމަށް ފުރުޞަތު ދެއްވި ކަމަށްޓަކައި ރައީސް އަށް ފަހުމީ ޝުކުރު އަދާކުރައްވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ހިންގުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް، އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ޝުކުރު އަދާކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައިވަނީ، 27 އަހަރު ވަންދެން ސްޓެލްކޯގައި މަސައްކަތް ކުރެއްވިއިރު، އެ ކުންފުނީގެ އެންމެ އިސް މަޤާމުގައި ހުރުމުގެ ޝަރަފު ދެއްވި ކަމަށްޓަކައި ރައީސް މުޢިއްޒުއަށް ޝުކުރުވެރިވާ ކަމަށެވެ.

މީގެއިތުރުން ފަހުމީ ވަނީ އެ ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި "އަބަދުވެސް އެދެނީ ސްޓެލްކޯ އިތުރަށް ކުރިއަރައި، ގިނަ ކާމިޔާބީތައް ހާސިލް ކުރުން" ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ކުރީގެ ސީއީއޯ އަޙްމަދު ޝަމާހް ރަޝީދު އައްޔަންކޮށްފައެވެ.

މިއަދު އޮންލައިން