ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު މައިގަނޑު ތިން އިސްލާހަކާއެކު ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ހާލަތްތަކުގައި އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވާ ޤަރާރަކުންނެވެ. އަދި މި ޤަރާރުގައި އެއް މައްސަލައަށްވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެއެވެ.

ކޮމިޓީން ގެނައި އިސްލާހުތަކުގެ ތެރޭގައި، ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެންވެސް ފެންނަ ނުފެންނަ ވޯޓު ނެގޭނެ ގޮތަށް ގެނައި ބަދަލާއި، ވޯޓު ނެގުމަށް މަޖިލީހުން ޤަރާރު ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޤަރާރު ނެރުއްވާ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެ ކަމަށް ބުނާ މާއްދާއަށް ގެނައި އިސްލާހު ހިމެނެއެވެ. މި އިސްލާހުގެ ދަށުން 45 ދުވަހަށްވުރެ މަދު މުއްދަތެއްގެ ތެރޭގައި އިންތިޚާބު ބޭއްވުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާނެއެވެ.

އަދި ބިލަށް ގެނެވުނު އެހެން މުހިންމު އިސްލާހެއްގެ ގޮތުގައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ފައިސާ، އެކަމަށް އެދޭތާ 10 ދުވަހުގެ ތެރޭގައި ހަމަޖައްސަންޖެހޭ ގޮތަށް މާއްދާއެއް އިތުރުކުރެވުނެވެ. މީގެއިތުރުން، އިންތިޚާބުގައި ރައްޔިތުންގެ ޚިޔާލު ހޯދާ ކަމެއްގެ ގޮތް ނިންމާނީ ސައްހަ ވޯޓުގެ 50 އިންސައްތަ ލިބިގެންކަމަށް ބަޔާންކުރާ މާއްދާއެއްވެސް ވަނީ ބިލަށް އިތުރުކުރެވިފައެވެ.

މިއަދު އޮންލައިން