މިސްކިތް އަޅަން ބިން ހޯދުމަށްފަހު އެއްބަސްވުމާ ޚިލާފްވާ މައްސަލަތައް ޙައްލުކުރުމަށާ އަދި ބިންޙަވާލުކުރުމުގަ ޢަމަލުކުރާނެ ސިޔާސަތުތަކެއް ކަނޑައަޅައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
މިސްކިތް އަޅަން ބިން ހޯދުމަށްފަހު އެއްބަސްވުމާ ޚިލާފްވާ މައްސަލަތައް ޙައްލުކުރުމަށާ އަދި ބިންޙަވާލުކުރުމުގަ ޢަމަލުކުރާނެ ސިޔާސަތުތަކެއް ކަނޑައަޅައިފި!

މިސްކިތް އަޅަން ބިން ހޯދުމަށްފަހު އެއްބަސްވުމާ ޚިލާފްވާ މައްސަލަތައް ޙައްލުކުރުމަށާ އަދި ބިންޙަވާލުކުރުމުގަ ޢަމަލުކުރާނެ ސިޔާސަތުތަކެއް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ. 

އަމިއްލަ ފަރާތްތަކުން މިސްކިތް ބިނާކުރުމާއި ގުޅޭ: 

އަމިއްލަ ފަރާތްތަކުން ވޭތުވެ ދިޔަ އަހަރުތަކުގައި މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާތީވެ، މިކަމުގެ ސަބަބުން ރައްޔިތުން ނަމާދުކުރުމަށް އެކި ސަރަހައްދުތަކުގައި ނުހަނު ތަކުލީފު އުފުލަމުންދާތީވެ، ކުރިއަށް އޮތްތަނުގައި މިކަމަށް ހައްލު ހޯދުމަށްޓަކައި މިނިސްޓްރީން ވަނީ ސިޔާސަތު ތަކެއް ކަނޑައަޅާފަ. 

މިގޮތުން: 

މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް 2 އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުން. 

- ⁠ ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުވުން. މި މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލުން.

 - ⁠އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގުން.

 - ⁠އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން ނުކުރުން.

 - ⁠މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ޙަވާލުކުރުން.

 - ⁠މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުން.

 

- އިސްލާމިކް މިނިސްޓްރީ

މިއަދު އޮންލައިން