ދޮންފަނު ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް ނިންމެވި ނިންމެވުމަކީ ރައްޔިތުންނަށް އިސްކަންދޭ ވެރިކަމެއް ކުރުމަށް ކުރާ މަސައްކަތުގެ ހެއްކެއް: ވަޒީރު ޠާރިޤު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދޮންފަނު ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް ނިންމެވި ނިންމެވުމަކީ ރައްޔިތުންނަށް އިސްކަންދޭ ވެރިކަމެއް ކުރުމަށް ކުރާ މަސައްކަތުގެ ހެއްކެއް: ވަޒީރު ޠާރިޤު

ބ. ދޮންފަނު ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ މި ސަރުކާރުން ރައްޔިތުންނަށް އިސްކަންދޭ ވެރިކަމެއް ކުރުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިޤު އިތުރަށް ވިދާޅުވި ގޮތުގައި، ކުރިމަގުގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ދެމެހެއްޓެނިވި ގޮތެއްގައި އަދި މުޖުތަމަޢުގެ އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރާނެއެވެ.

މިދިޔަ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ބ. ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިޢުލާން ކުރެއްވިއެވެ. ނަމަވެސް މި މަޝްރޫޢާ ގުޅިގެން ދޮންފަނާ ޖެހިގެން އޮތް ބ. އަތޮޅުގެ ބަޔޯސްފިއަރ ރިޒަރވްގައި ހިމެނޭ ހަނިފަރު ބޭއަށް ލިބިދާނެ ގެއްލުމާމެދު ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި އެރަށާއި އަތޮޅުގެ ރައްޔިތުންގެ އިތުރުން، ތިމާވެށީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބަޔަކު ހިމެނެއެވެ. އަދި މި ކަންބޮޑުވުންތަކަށް އިޖާބަދެއްވައި، ރައްޔިތުންގެ އެދުމާ އެއްގޮތަށް އެ މަޝްރޫޢު ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން އިޢުލާން ކުރައްވާފައިވެއެވެ.

މި ނިންމެވުމަކީ ސަރުކާރުން ރައްޔިތުންގެ އަޑުއައްސަވައި، ތިމާވެށި ހިމާޔަތްކުރުމަށް ދެއްވާ އިސްކަމުގެ ހެއްކެއްކަމަށް ތިމާވެށީގެ ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން