ޕެންޝަން އޮފީހުން އިންތިޒާމުކުރާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" މިއަދު ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޕެންޝަން އޮފީހުން އިންތިޒާމުކުރާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" މިއަދު ފަށައިފި

ޕެންޝަން އޮފީހުން އިންތިޒާމުކުރާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" މިއަދު ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މި ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ބާއްވާ ފޯރަމެކެވެ.

ފޯރަމް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއަރޕާސަން ޑރ. އަޙްމަދު އިނާސް ވިދާޅުވީ، "މި ފޯރަމަކީ މާލީ އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާތަކުގެ މުސްތަޤްބަލާ ބެހޭގޮތުން މަތީ ފެންވަރެއްގައި މަޝްވަރާކުރެވޭ ފޯރަމެއް" ކަމަށެވެ. އަދި މި ފޯރަމްތަކުގައި މާލީ އިންފްރާސްޓްރަކްޗަރގެ މުސްތަޤްބަލުން ފެށިގެން ދެމެހެއްޓެނިވި ގޮތުގައި ޕެންޝަން ފޯރުކޮށްދެވޭނެ ގޮތްތައް ފަދަ ތަފާތު މައުޟޫއުތަކާ މެދު މަޝްވަރާކުރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާލީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާއިރު، މާލީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެ ބޭފުޅުންގެ ރިސާރޗްތަކާއި ޕްރޮޖެކްޓްތައް ހިއްސާކުރެއްވުމުގެ ފުރުސަތުވެސް މި ފޯރަމްގައި ހިމެނިފައިވެއެވެ.

"މޯލްޑިވްސް ފައިނޭންސް ފޯރަމް" އަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސް މަސްއޫލުވެރިންނަށް އެއްތަނަކުން ބައްދަލުވެ، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ މުހިންމު މަޝްވަރާތައް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ މުހިންމު މަންސަތެކެވެ. މި ފޯރަމްގެ ސަބަބުން މާލީ ދާއިރާގެ އިސް ފަރާތްތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންނަށް ޚިޔާލު ބަދަލުކޮށް، މަޝްވަރާކުރުމުގެ މުހިންމު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން