އަލީބާބާ ޕްލެޓްފޯމްގައި މުދާ ވިއްކޭނެ ފުރުޞަތު ފަހިކުރުމަށް އޮންލައިން ވޯކްޝޮޕެއް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އަލީބާބާ ޕްލެޓްފޯމްގައި މުދާ ވިއްކޭނެ ފުރުޞަތު ފަހިކުރުމަށް އޮންލައިން ވޯކްޝޮޕެއް ބާއްވަނީ

އަލީބާބާ ޕްލެޓްފޯމްގައި މުދާ ވިއްކޭނެ ފުރުޞަތު ފަހިކުރުމަށް އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށް އިޤްތިޞާދީ މިނިސްޓްރީން ނިންމައިފިއެވެ. މި ވޯކްޝޮޕް އަމާޒުކުރަނީ ރާއްޖޭގެ އީކޮމާރސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވި ގޮތުގައި މިއީ އެ ވުޒާރާއިން ދުނިޔޭގެ ނަންމަޝްހޫރު އީކޮމަރސް ޕްލެޓްފޯމްތަކާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށެވެ.

ވަޒީރު ސައީދު އިތުރަށް ވިދާޅުވި ގޮތުގައި މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލީބާބާ ޑޮޓް ކޮމްގެ ތަޖުރިބާކާރުންނެވެ. އަދި މި ވޯކްޝޮޕްގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި ވޯކްޝޮޕަކީ ރާއްޖޭގެ އޮންލައިން ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ މާރކެޓަށް ނުކުތުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އީކޮމާރސް ދާއިރާ އިތުރަށް ކުރިއަރައި، ވިޔަފާރިވެރިންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން