ކުރީގެ ރައީސުންނާއި މެންބަރުންނަށް ދޭ ބައެއް އިނާޔަތްތައް އުނިކުރަން ޤާނޫނުތައް އިސްލާޙު ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކުރީގެ ރައީސުންނާއި މެންބަރުންނަށް ދޭ ބައެއް އިނާޔަތްތައް އުނިކުރަން ޤާނޫނުތައް އިސްލާޙު ކުރަނީ

ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންނަށް ދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާޙު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން އިއުލާނު ކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވާނީ ނިންމާފައި" ކަމަށެވެ.

މީގެއިތުރުން، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ޤާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި އިސްލާހުތަކުގެ ދަށުން، ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމަށްފަހު ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އަންނަ ނަމަ، އެ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ޕެންޝަން އިނާޔަތް މެދުކަނޑާލެވޭނެ ކަމަށް ރައީސް މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

މި އިސްލާހުތަކަކީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ޕެންޝަން ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން