ބިދޭސީންނާއި ގުޅުންހުރި ފީގެތެރެއަިން 974 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަދިވެސް ނުލިބޭ: ދާޚިލީ ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ބިދޭސީންނާއި ގުޅުންހުރި ފީގެތެރެއަިން 974 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަދިވެސް ނުލިބޭ: ދާޚިލީ ވުޒާރާ

ބިދޭސީންނާއި ގުޅުންހުރި ފީގެތެރެއަިން 974 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަދިވެސް ނުލިބިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖެއަށް އެތެރެކުރާ ބިދޭސީންނާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފީތަކާ ބެހޭ މަޢުލޫމާތު ސަރުކާރުން ދަނީ ޢާންމުކުރަމުންނެވެ. މިގޮތުން ސެޕްޓެމްބަރު 10 ގެ ނިޔަލަށް ބިދޭސީންނާ ގުޅިގެން ދައުލަތަށް 2.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް ލިބިފައިވާ ފައިސާގެ ތެރޭގައި ވޯކް ޕަރމިޓް ފީގެ ގޮތުގައި 1.28 ބިލިއަނަށްވުރެ ގިނަ ރުފިޔާއާއި، ކޯޓާ ފީގެ ގޮތުގައި 826 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ. މީގެއިތުރުން ޖޫރިމަނާގެ ގޮތުގައި 6.7 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، ޚިދުމަތުގެ ފީގެ ގޮތުގައި 2.11 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

ނަމަވެސް، މިވަގުތު ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އަދިވެސް ނުލިބި ހުރީ 974،272،942 (ނުވަސަތޭކަ ހަތަރު މިލިޔަން ދުއިސައްތަ ހަތްދިހަ ދެހާސް ނުވަސަތޭކަ ސާޅީސް ދޭއް) ރުފިޔާކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ބިދޭސީންނާ ގުޅުންހުރި ފީތައް ހޯދުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، ކުރިއާ އަޅާބަލާއިރު ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ލިބެމުންދާކަން ފާހަގަކުރެވެއެވެ. އަދި ނުލިބިވާ ފައިސާ ހޯދުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަމަށްވެސް ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން