މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ރިވިއުއެއް ހެދުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރޭ: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ރިވިއުއެއް ހެދުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރޭ: ވަޒީރު ސަޢީދު

މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ރިވިއުއެއް ހެދުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ހެޔޮ އަގެއްގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިކަމުގެ ސަބަބުން ހެޔޮ އަގުގައި ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ރައްޔިތުންނަށް ލިބުމުގައި ދަތިތައް ހުރިކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މިކަން ބަދަލުކޮށް، ހެޔޮ އަގެއްގައި ކާބޯތަކެތި ލިބޭނެކަން ޔަޤީންކުރުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވިގޮތުގައި ރާއްޖޭގައި ޢާންމުކޮށް ބޭނުންކުރާ ތަރުކާރީއާއި މޭވާގެ ލިސްޓު އަހަރަކު އެއް ފަހަރު ރިވިއުކުރެވޭނެއެވެ. އަދި ރިވިއުކުރުމަށްފަހު އެތެރެކުރާނީ އެންމެ ގިނައިން ބޭނުންކުރާ 10 ބާވަތުގެ ކާބޯތަކެތީގެ ބާވަތްތަކެވެ.

"ރިވިއުކުރާނީ އަހަރުން އަހަރަށް. ނަމަވެސް އެއަށްވުރެ ކުރިންވެސް ރިވިއުކޮށްފާނެ. 10 މޭވާއި 10 ތަރުކާރީގެ އިތުރުންވެސް ހަނޑޫ، ހަކުރު ފުށާއި މުގު، ބިސް، އަލުވި އެތެރެކުރަމުންދާނީ. އަދި ބާޒާރުގައި އަގު ހެޔޮކޮށް ވިއްކަމުންދާނީ،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

މިއަދު އޮންލައިން