ރާއްޖޭގެ ބޮޑުބަޔަކަށް ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
ރާއްޖޭގެ ބޮޑުބަޔަކަށް ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ

ރާއްޖޭގެ ބޮޑުބަޔަކަށް ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދީފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ބައެއް ރަށްތަކަށް ގުގުރުމާއެކު ވާރޭވެހުން އެކަށީގެންވެއެވެ.

އިދާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ވައި ގަދަވެ، ގަޑިއަކު 35 މޭލުގެ ބާރުމިނަށް އަރާފާނެ ކަމަށް ލަފާކުރެވެއެވެ.

މި މޫސުމުގެ ސަބަބުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އިދާރާއިން ވަނީ އަންގާފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، "ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް" މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން