ސަރުކާރުގެ ގިނަ ކުންފުނި ތަކެއްގެ އިސްވެރިން މަގާމުން ވަކިކޮށްފި

ކިޔުމަށް ހޭދަވާނީ 3މ 57ސ
ސަރުކާރުގެ ގިނަ ކުންފުނި ތަކެއްގެ އިސްވެރިން މަގާމުން ވަކިކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި، ގިނަ ކުންފުނިތެކެއްގެ އިސް މަގާމުތައް އަދާކުރެއްވި ބައެއް ބޭފުޅުން މިއަދު މަގާމުން ވަކިކޮށްފިއެވެ.

 

މިކަން ހާމަ ކުރައްވާ ޕްރައިވަޓައިޒޭޝަން ކޯޕަރޭޝަން ބޯޑް (ޕީސީބީ) ގެ ރައީސް މުޙައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 11 ކުންފުންޏެއްގެ އިސްވެރިން ވަކި ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އައިލެންޑް އޭވިއޭޝަނާއި ސްޓެލްކޯގެ އިސްވެރިން ވެސް ހިމެނޭ ކަމަށެވެ.

 

މަގާމުން ވަކި ކޮށްފައިވާ ފަރާތްތަކުގެ ލިސްޓު:

 

·        ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)

§        ޗެއާރމަން- އަހުމަދު އައިމަން، އުދަރެސް/ ގދ. ފަރެސްމާތޮޑާ

§        މެނޭޖިން ޑިރެކްޓާރ- އަޙްމަދު ޘުހޫރު، ހ. މާބަނޑޭރިއާގެ

 

·        ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް

§        ޗެއާރމަން- މުޙައްމަދު ރަޝީދު، ދަފްތަރު ނަންބަރު 4226

§        މެނޭޖިން ޑިރެކްޓާރ- މުޙައްމަދު ސައިމަން، މިސްކިތްމަގު ފަށަލަ/ ޏ. ފުވައްމުލައް

 

·        ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

§        ޗެއާރމަން- މުޙައްމަދު ޝާހިދު، މ. ކަނަމަނަ

§        މެނޭޖިން ޑިރެކްޓާރ- އަހުމަދު ނާސިފު، ރިވަރސައިޑް/ ސ. ހުޅުދޫ

§        މެމްބަރ- އަހުމަދު ބުންޔާމީން، ހ. ދިވަރު

 

·        އައިލެންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑް

§        ޗެއާރމަން- އަހުމަދު ޝަފީއު، ވައިޖެހޭގެ/ ހއ. އިހަވަންދޫ

§        މެނޭޖިން ޑިރެކްޓާރ- އަބްދުއްހާރިޘް، ގ. އެކްރާ

 

·        ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

§        ޗެއާރމަން- އިޤްބާލް އާދަމް، ގ. ވަށަފަރު

 

·        މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

§        މެނޭޖިން ޑިރެކްޓާރ- އިދުރީސް އިސްމާއިލް، އަނީސާ މަންޒިލް/ މ. ދިއްގަރު

 

·        މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް

§        ޗެއާރމަން- އަހުމަދު ނިޔާޒް، ހަސަންކާރިގެ/ ސ. މީދޫ

§        މެނޭޖިން ޑިރެކްޓާރ- އިބްރާހިމް ޒިޔާތު، ހ. އާހަމަ

 

·        އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް

§        މެނޭޖިން ޑިރެކްޓާރ- މުޙައްމަދު ލަތީފް، ބްލޫވިލާ/ ސ. ހިތަދޫ

 

·        ދިރާގު ޕަބްލިކް ލިމިޓެޑް

§        ޗެއާރމަން- މުޙައްމަދު އަޝްމަލީ، ގ. އާސާނި

 

·        ޕަބްލިކް ސާވިސް މީޑިއާ

§        ޗެއާރޕާސަން- މަރިޔަމް އަޒްރާ އަހުމަދު، މ. ހުކުރަދިގެ

§        މެނޭޖިން ޑިރެކްޓާރ- އިބްރާހިމް ޚާލީލް، ދަފްތަރު ނަންބަރު 1903

§        ޑެޕިއުޓީ މެނޭޖިން ޑިރެކްޓާރ- މުޙައްމަދު އިކްރާމް އަބްދުއްލަތީފް، ހަނދު/ ޅ. ނައިފަރު

 

·        މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން

§        ޗެއާރމަން- އިޙްސާން އަބްދުލްޣަނީ، ގ. އިލާ

§        މެނޭޖިން ޑިރެކްޓާރ- އަބްދުއްރައްޒާޤް އިބްރާހިމް، ހ. ނޫމުތީ

 

 

 

މިއަދު އޮންލައިން