އެކުއެކީ – ޔޫތު ޕިއަރ އެޑިއުކޭޓަރުން ތަމްރީންކުރުން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 20ސ
އެކުއެކީ – ޔޫތު ޕިއަރ އެޑިއުކޭޓަރުން ތަމްރީންކުރުން

އެކުއެކީ ޕްރޮގްރާމަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމް ހާއްސާކުރެވިފައިވަނީ ޒުވާނުންގެ މެދުގައި ދިމާވާ ގެވެށިއަނިޔާގެ މައްސަލަތައް އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއަށް އަރައިގަތުމުގެ ކުރިން ވިޔަ ނުދިނުމަށް އެމީހުންގެ މެދުގައި ރަނގަޅު ހުނަރުތައް އެކަށައެޅުމަށެވެ.

މި ޕްރޮގްރާމްގައި ތަމްރީންވާ ޒުވާނުންނަކީ އެ އުމުފުރައިގެ ކުދިންގެ މެދުގައި ގެވެށިއަނިޔާ އާއި ވަކި ޖިންސަކަށްވީތީ ކުރާއަނިޔާއާއި ގުޅިގެން ސައްހަ މައުލޫމާތާއި، ބޭނުންވާ ހުނަރާއި، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަމްރީނު ކުރެވިފައިވާ ޒުވާނުންނެވެ.

އެހެންކަމުން ޕިއަރ އެޑިކޭޓަރުންނަކީ ކޮބައިކަން ދަނެގަންނަން މުހިންމެވެ. ޕިއަރ އެޑިކުޓޭރަނުންނަކީ އެއް އުމުރުފުރައެއްގެ ޒުވާނުންގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމުގައްޔާއި އެކުވެރިޔާއަށް އެހީތެރިވުމަށް ތަމްރީންކުރާ ފަރާތެކެވެ. އަދި މިއީ ޒުވާނުންކަމަށްވުމުން ޒަމާނީ ވަޞީލަތްތައް މެދުވެރިކޮށް، ޢިލްމީ އަދި ދުޅަހެޔޮ ރައްކާތެރި ޚިޔާލުތައްދިނުމުގައި މައިގަނޑު ރޯލެއް މި އެޑިއުކޭޓަރުން އަދާ ކުރެއެވެ.

ޕީއަރ އެޑިއުކޭޝަނަކީ ތަފާތު ސަބަބުތަކާހުރެ ވަރަށް މުހިންމު އަދި އެހާމެ ނާޒުކު ކަމެކެވެ. ފުރަތަމަ ކަމަކަށް، އެއީ އިތުބާރުގެ މައްޗަށް ބިނާވެގެންވާ ކަމެކެވެ. ދެވަނަ ކަމަކީ، ޕީއަރ އެޑިއުކޭޓަރުންނަށް، އެފަރާތުގެ އަހުލުވެރިންނާ، ޒަމާނީ ބަހުރުވަތަކާއި، ރެފަރެންސްތަކާއި، މީޑިއާ ޓްރެންޑްތައް ހިމަނައިގެން މުޢާމަލާތު ކުރެވޭނެއެވެ. އަދި ހަމަ އެހެންމެ، އެފަރާތްތަކާއި ގުޅުންހުރި ކަންކަމާއި ޕޮޒިޓިވް ބިހޭވިއާ، މޮޑެލް ކުރުމުގެ ކުޅަދާނަކަމާއި އެކު، ގެއްލުންހުރި މިންގަނޑުތަކަށް ދަނެގަނެ، އެއަށް އަހުލުވެރިކުރުވާ، އިހުތިރާމާއި އެކު އަނެކާގެ އިހުސާސް ދަނެގަނެ މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިގެންވެއެވެ.

ޕިއަރ އެޑިއުކޭޓަރެއްގެ ޒިންމާތައް، މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބޭރުން ފުޅާވެގެންދެއެވެ. މިގޮތުން ދޭދޭ ގުޅުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ ހުނަރުތަކާއި، ދިމާވާ މައްސަލަތައް ދަނެގަތުމާއި، އެ އުމުރުފުރާގެ ފަރާތްތަކަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ ތެރޭގައި މަޢުލޫމާތު ހިއްސާ ކުރާނެ ރައްކާތެރި މާޙައުލެއް ޤާއިމްކުރުންވެސް ހިމެނެއެވެ.

ޕިއަރ އެޑިކޭޓަރުން ތަމްރީންކުރުމަށްޓަކައި އެކުއެކީ ޕްރޮގްރާމް ތަޢާރަފްކޮށް ހދ. ކުޅުދުއްދުށީގައި މީގެ ފުރަތަމަ ޕައިލަޓް ޕްރޮގްރާމް ވަނީ 23 އޯގަސްޓް އިން 29 އޯގަސްޓް 2025 އަށް ކުރިއަށް ގެންގޮސްފައެވެ. އަދި މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ފެސިލިޓޭޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ސެޕްޓެމްބަރ 8 ން 11 އަށް ދަނީ ކުރިއަށް ގެންދަމުންނެވެ.

 

މިއަދު އޮންލައިން