50 އިންސައްތަ އާއި ހަމައަށް ރަސްމީ ރޭޓްގައި ވިޔަފާރިތަކަށް މިހާރު ޑޮލަރު ލިބޭނެ: ވަޒީރު ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
50 އިންސައްތަ އާއި ހަމައަށް ރަސްމީ ރޭޓްގައި ވިޔަފާރިތަކަށް މިހާރު ޑޮލަރު ލިބޭނެ: ވަޒީރު ސައީދު

ވިޔަފާރިތަކަށް މިހާރު ރަސްމީ ރޭޓްގައި %50 އާއި ހަމައަށް ޑޮލަރު ލިބޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރެއްވުމެއްގައި ވަޒީރު ސައީދު ހާމަކުރެއްވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެސްއެމްއީ ސެކްޓަރގެ އިމްޕޯޓަރުންނަށް ބޭންކް އޮފް މޯލްޑިވްސްއިން ރަސްމީ ރޭޓްގައި ޑޮލަރު ދޫކުރަމުން ގެންދިޔައީ %5 އާއި %10 އާ ދެމެދުގެ މިންވަރަކަށެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ގެނެވުނު ބަދަލުތަކާ ގުޅިގެން، މިހާރު ވިޔަފާރިތަކަށް ރަސްމީ ރޭޓްގައި %50 އާ ހަމައަށް ޑޮލަރު ދޫކުރަމުން ގެންދެއެވެ. އެހެންކަމުން، ޑޮލަރު ނުލިބޭކަމަށް ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހުއްޖަތެއްނެތް ވާހަކަތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި 2 މައްސަލައަށް އެޑްރެސްކުރާއިރުގައި %300 ނުވަތަ %400 އަގުބޮޑުވާންޖެހޭ ސަބަބެއް ހަމަ ވިސްނަން އުނދަގޫވަނީ އާފަލާ އޮރެންޖުން އެވާހަކަ ހުއްޖަތަކަށް ވިދާޅުވެފައި އިނގޭތޯ،" ވަޒީރު ސައީދު ވިދާޅުވިއެވެ.

މި ބަދަލާއެކު ވިޔަފާރިތަކަށް ކުރިއާ އަޅާބަލާއިރު ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން