ސަރުކާރުގެ އަމާޒަކީ އެންމެންގެ ހައްގުތައް ހިމާޔަތްކުރެވޭނެގޮތަށް މީޑިއާ ބިލު ބައްޓަންކުރުން: ބަންޑާރަނައިބު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ސަރުކާރުގެ އަމާޒަކީ އެންމެންގެ ހައްގުތައް ހިމާޔަތްކުރެވޭނެގޮތަށް މީޑިއާ ބިލު ބައްޓަންކުރުން: ބަންޑާރަނައިބު

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާއެކު މީޑިއާއާއި އާންމު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތަށް މީޑިއާ ބިލު ބައްޓަންކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމު ފަރާތަކުން ފާޅުކުރެއްވި ޚިޔާލަކާ ގުޅިގެން ބަންޑާރަނައިބު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކޮމިޓީ މަރުހަލާގައި ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބިލުގައި މާނަ ދޭހަނުވާ ގޮތަށް ހުރި ކަންކަން، މާނަ ދޭހަވާ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކުގައި ތިލަކޮށްދީފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިގޮތުން، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސީލްކޮށް ހިމެނުމަކީ މި އިސްލާހުތަކުގެ އެއް މިސާލު ކަމަށް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ މަޤުޞަދަކީ ޤާނޫނު އަސާސީއާއި ޤާނޫނީ ތަރަހައިގެ ތެރެއިން ނޫސްވެރިކަންކޮށް މަޢުލޫމާތު ފޯރުކޮށްދިނުން،" ބަންޑާރަނައިބު ވިދާޅުވިއެވެ.

މި އިސްލާހުތަކާ އެއްގޮތަށް ބިލު ފާސްވެއްޖެނަމަ، ނޫސްވެރިންގެ ހުރިހާ ޝަކުވާތަކަށް ހައްލު ލިބި، ނޫސްވެރިކަން ރެގިއުލޭޓްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވޭނެ ކަމުގެ ޔަޤީންކަން ބަންޑާރަނައިބު އަހުމަދު އުޝާމު ދެއްވިއެވެ.

މިއަދު އޮންލައިން