އިސްރަށްވެހިންގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށް ޚާއްސަ ކެއުމެއް ކުރިއަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
އިސްރަށްވެހިންގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށް ޚާއްސަ ކެއުމެއް ކުރިއަށް ގެންގޮސްފި

އިސްރަށްވެހިންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދޭދޭ ގުޅުންތައް ބަދަހިކުރުމުގެ މަޤްޞަދުގައި ހުޅުމާލޭގައި ދިރިއުޅެމުންދާ އިސްރަށްވެހިންނާއި ހުޅުމާލެ އިސްރަށްވެހިންގެ ނާދީ ގުޅިގެން މެންދުރުގެ ވަރަށް ޚާއްސަ ކެއުމެއް ކުރިއަށް ގެންގޮސްފިއެވެ.

މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ކުރިއަށް ގެންދެވުނު މި ހަރަކާތުގައި 52 އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. އިސްރަށްވެހިންނަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ، މުޖުތަމަޢުގައި ޝާމިލުކުރަނިވި ބަޔަކަށް ހެދުމުގެ މަޤްސަދުގައި އިސްރަށްވެހިންގެ ނާދީގައި މިފަދަ ތަފާތު ހަރަކާތްތަށް އަބަދުވެސް ކުރިއަށް ގެންދެއެވެ.

ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ދޮށީ ޢުމުރުގެ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027587 ގުޅުއްވުމަށް ނާދީން ވަނީ އެދިފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން