ފަލާޙް ޕްރީ ސްކޫލާ އިސްރަށްވެހިންގެ ނާދީ ގުޅިގެން މާމަކާފަ ދުވަސް ފާހަގަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ފަލާޙް ޕްރީ ސްކޫލާ އިސްރަށްވެހިންގެ ނާދީ ގުޅިގެން މާމަކާފަ ދުވަސް ފާހަގަކޮށްފި

މާމަ ކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފަލާޙް ޕްރީ ސްކޫލާ އިސްރަށްވެހިންގެ ނާދީއި ގުޅިގެން ހަރަކާތްތަކެއް ބާއްވައިފިއެވެ.

އެގޮތުން، އިސްރަށްވެހިންގެ ނާދީގެ މެންބަރުންވަނީ ފަލާޙް ޕްރީސް ސްކޫލްގެ ދަރިވަރުން ކުޑަކުދިން ޝައުގުވެރިވާ ކަހަލަ ސަގާފަތާއި ގުޅުންހުރި ގިނަގުނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ފަންގެވިނުމާއި، ރޯނު ވެށުން ފަދަ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ޙަރަކާތްތަކުގައި ކުދިން ވަރަށް ޝައުޤުވެރިކަމާއެކު ބައިވެރިވެ، ދިވެހި ސަގާފަތުގެ އެކި ދާއިރާތަކުން ގިނަ ކަންތައްތަކެއް ތަޖުރިބާކުރުމުގެ ފުރުޞަތު ވަނީ ލިބިގެންގޮސްފައެވެ.

މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ދިވެހި ސަގާފަތާއި އާދަކާދަ އަޅުގަނޑުމެންގެ ޅަފަތުގެ ދަރިންނަށް އުނގަންނައިދިނުމެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން