ރަސްމީ ރިޒާވް 810 މިލިޔަން ޑޮލަރަށް އަރައިފި: އެމްއެމްއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ރަސްމީ ރިޒާވް 810 މިލިޔަން ޑޮލަރަށް އަރައިފި: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 810.05 މިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު 4.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޖުލައި މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 774.5 މިލިޔަން ޑޮލަރެވެ. އަދި ރަސްމީ ރިޒާވްގައި ނުހިމެނޭ ސެކިއުރިޓީސް އިންވެސްޓްމަންޓާއި ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި އޮގަސްޓު މަހުގެ ނިޔަލަށް 117.22 މިލިޔަން ޑޮލަރު ހުރިކަން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ރިޒާވް އިތުރުވެފައިވާއިރު، ކުރު މުއްދަތުގައި ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތައްވެސް ވަނީ އިތުރުވެފައެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓު މަހުގެ ނިޔަލަށް ކުރު މުއްދަތުގައި ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތަކުގެ ޖުމްލަ އަދަދު ވަނީ 738.63 މިލިޔަން ޑޮލަރަށް އަރާފައެވެ.

މިއީ ޖުލައި މަހާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ. އެހެނީ ޖުލައި މަހުގެ ނިޔަލަށް މި އިލްތިޒާމުތަކުގެ ޖުމްލަ އަދަދު ހުރީ 688.24 މިލިޔަން ޑޮލަރުގައެވެ.

މިއަދު އޮންލައިން