ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ބޯޑަށް 3 މެންބަރުން އައްޔަން ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ބޯޑަށް 3 މެންބަރުން އައްޔަން ކުރައްވައިފި

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެންބަރުކަމުގެ މަގާމަށް 3 ބޭފުޅަކު އައްޔަންކުރައްވާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ އިއުލާން ކުރައްވާފައެވެ.

މި ގޮތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަޤާމު ފުރުއްވަމުން ގެންދެވި ޑރ. ޝާހް މާހިރު އެވެ. އަދި ބޯޑު މެންބަރުންގެ ގޮތުގައި އާޢިޝަތު މުޙައްމަދު އާއި ޝިބާނާ އަބްދުﷲ ދީދީ ވަނީ އައްޔަން ކުރައްވާފައެވެ.

އައު މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހް މާހިރަކީ ސިއްޙީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް އަދި މެޑިކަލް ސާމާނު އިމްޕޯޓްކޮށް ސަޕްލައިކުރުމުގެ މަސައްކަތްކުރާ ސަރުކާރުގެ މުހިންމު ކުންފުންޏެކެވެ.

މިއަދު އޮންލައިން