ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް މި ސަރުކާރުން އުފެއްދި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް އދ. މާމިގިލީ ޖަވާހިރުވާދީ، ޑރ. މުޙައްމަދު އިބްރާހިމް އައައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން މިކަން އިއުލާނު ކުރެއްވީ އިއްޔެއެވެ. އެ ބޯޑުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޑރ. މުޙައްމަދު އިބްރާހިމް ވަނީ މެނޭޖިން ޑިރެކްޓަރު ކަމާއި ބޯޑު މެމްބަރު ކަމުގެ މަގާމަށް އައްޔަނުކުރައްވާފައި ކަމަށެވެ.
ޑރ. މުޙައްމަދު އިބްރާހީމަކީ ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ޑްރަގް ކޯޓުގެ އިސް މަގާމެއް ހިމެނެއެވެ.
މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނަކީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ތައާރަފުކޮށް، އެ އުފެއްދުންތަކަށް އިތުރު މާކެޓްތައް ހޯދުމަށް މި ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ.
މި ކުންފުނީގެ މައިގަނޑު މަސައްކަތަކީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓްތައް ހޯދައި، އެ އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯދައިދިނުމެވެ. އަދި މިކަމުގެ ސަބަބުން ދިވެހި މަސްވެރިންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.