ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ފަށައިފި

ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު ފަށައިފިއެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ދެއްވި މައުލޫމާތުގައިވާ ގޮތުން، ސޮއިކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މި މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް، އެ ވުޒާރާ ކުރިން ހިންގި އިމާރާތް ހުރި ބިމުގައެވެ.

މި މަޝްރޫއުގެ ދަށުން ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ގުޅަމުން ގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން