އަރިއަތޮޅު އުތުރުބުރި މަތިވެރި އަދި ފެރިދޫގެ 'ހާލު ކިހިނެއް؟' ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އަރިއަތޮޅު އުތުރުބުރި މަތިވެރި އަދި ފެރިދޫގެ 'ހާލު ކިހިނެއް؟' ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

މިވުޒާރާގެ "ޙާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން އަރިއަތޮޅު އުތުރުބުރި މަތިވެރި އަދި ފެރިދޫގެ މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށްފިއެވެ.

‏މި ޕްރޮގްރާމްގެ ތެރެއިން މަތިވެރި އަދި ފެރިދޫގެ މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ވެސް ވަނީ ކުރެވިފައެވެ. އަރިއަތޮޅުގެ މި ޒިޔާރަތްތަކުގެ ތެރެއިން މިހާތަނަށްވަނީ އަރިއަތޮޅު އުތުރުބުރި ރަސްދޫ, އުކުޅަސް އަދި ތޮއްޑޫގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ. އަދި މި ޒިޔާރަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެރަށްރަށުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެހީތެރިކަމާ އެކުގައެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެެއްގެ ހުރިހާ ގޭބިސީތަކަކަށް ޒިޔާރަތްކޮށް، ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިިނުމުގެެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން