ބޭންކް އޮފް މޯލްޑިވްސްގެ އެމެކްސް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް 50،000 ބީއެމްއެލް ރިވާޑް ޕޮއިންޓްސް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ބޭންކް އޮފް މޯލްޑިވްސްގެ އެމެކްސް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް 50،000 ބީއެމްއެލް ރިވާޑް ޕޮއިންޓްސް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް 50،000 ރިވަރޑް ޕޮއިންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 15 ސެޕްޓެންބަރުން 14 އޮކްޓޫބަރުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. މިގޮތުން ބަލައިގަންނާނީ ބީއެމްއެލް ކާޑު މެޝިން އަދި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ ވިޔަފާރިތަކެވެ. ޕްރޮމޯޝަން ނިމުމުން، 50،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ލިބޭ 50 ނަސީބުވެރީން ހޮވާނެއެވެ.

8،000 އަށް ވުރެ ގިނަ މަރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. ބީއެމްއެލް އެމެކްސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، މި ބޭންކުގެ ޕާޓްނަރ މަރޗެންޓުން ދެމުންދާ ޑިސްކައުންޓްތަކާއި އީޒީޕޭ އިންސްޓޯލްމެންޓް ޕްލޭން ހިމެނެއެވެ. އަދި މީގެ އިތުރުން ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ބީއެމްއެލް ރިވާޑްސް ޕޮއިންޓް ލިބުން ފަދަ ހާއްސަ ފައިދާތައް ލިބެއެވެ. ބީއެމްއެލް ރިވާޑްސް ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗަރވެސް ލިބޭނެއެވެ.

ބީއެމްއެލްގެ މޮބައިން ބޭންކިންގ އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑަށް އެދި ހުށަހެޅޭނެއެވެ.

މިއަދު އޮންލައިން