ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކަށް ހަދިޔާކުރާ މުޞްޙަފްތައް ބެހުމުގެ މަސައްކަތް "އުންމީދު ޖަމިއްޔާ" އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ހއ. ހޯރަފުށި، ހދ. ނޮޅިވަރަންފަރު، ހދ. ހަނިމާދޫ، ނ. ހެނބަދޫ، ބ. މާޅޮސް، އއ. ތޮއްޑޫ، ގއ. ކަނޑުހުޅުދޫ އަދި އައްޑޫސިޓީގެ މިސްކިތްތަކަށް މުޞްޙަފްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އުންމީދު ޖަމިއްޔާއިންނެވެ.
މި މަޝްރޫޢުގެ ދަށުން، މުޞްޙަފްތައް އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރުމަށްފަހު، ކައުންސިލްތަކުން އެ މުޞްޙަފްތައް މިސްކިތްތަކަށް ބަހާނެއެވެ. މިއީ މިސްކިތްތަކުގައި ޤުރުއާން ކިޔެވުމުގެ ފަސޭހަކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢަކީ ދީނީ ކަންކަން ކުރިއެރުވުމަށާއި، މިސްކިތްތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.