އޫރިދޫ މޯލްޑިވްސްގެ އައު އަދި އުފެއްދުންތެރި އޫރިދޫ ކަލަންޑަރު 2025 ގެ ބައެއްގެ ގޮތުން، ސެޕްޓެމްބަރު މަހުގެ ފީޗަރ ކުރެވިފައިވާ ކެރެކްޓަރުގެ ގޮތުގައި ރަންނަމާރި ހާމަކުރުމަށްޓަކައި އޫރިދޫ މޯލްޑިވްސްއިން ފަޚުރުވެރިވެއެވެ. ރަންނަމާރިއަކީ ދިވެހި ތި ތާރީޚުގައި އެންމެ މަޝްހޫރު އަދި ބިރުވެރި ވާހަކަތަކުގެ ތެރެއިން އެއް ވާހަކައެވެ.
އެތައް ޖީލުތަކެއް ވަންދެން، ދިވެހިން ޤަބޫލުކުރި ގޮތުގައި ކޮންމެ މަހަކު އެއްފަހަރު ރަންނަމާރި ކިޔާ ނުބައި ކަނޑުގެ ޖިންނިއެއް ކަނޑުން އަރައެވެ. އެ ޖިންނި ފެންނަނީ އަލިކަން ދޭ ބައްތިތަކުން ފުރިފައިވާ އުޅަނދެއްގެ ސިފައިގައެވެ. އޭނާ މަޑުކުރުވުމަށްޓަކައި، ރަށުގެ މީހުން ޒުވާން އަންހެން ކުއްޖަކު ޤުރުބާންކުރެއެވެ.
މި ހިތާމަވެރި ދައުރު ހުއްޓުނީ އަބުލް ބަރަކާތުލް ބަރްބަރީ ކިޔާ މަޣްރިބުން އައި ޢިލްމުވެރިއެއް އައުމުންނެވެ. އޭނާއަކީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ މީހެކެވެ. އަންހެން ކުއްޖަކު ޤުރުބާންކުރަން އޮތް ރޭ، އޭނާ އެ ކުއްޖާގެ ބަދަލުގައި އަމިއްލައަށް ހުށަހެޅިއެވެ. އަދި މުޅި ރޭ ބުދުކޯލުގައި ހޭދަކުރީ ޤުރުއާން ކިޔަވަމުންނެވެ. ރަންނަމާރި ކައިރިވެ ޤުރުއާނުގެ އާޔަތްތައް އިވުމުން، އެ ޖިންނި ކަނޑަށް ފީނައިގެން ދިޔައެވެ. އަދި އެއަށްފަހު ދުވަހަކުވެސް ނާދެއެވެ.
އަހަރުގެ ފެށުމުގައި ތަޢާރަފުކުރެވުނު އުރީދޫ ކަލަންޑަރު 2025 އިން، ދިވެހި އާދަކާދައިގެ 12 މަޝްހޫރު ކެރެކްޓަރެއް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އަލުން ސިފަކުރެއެވެ. ކޮންމެ މަހަކު އައު ކެރެކްޓަރެއް ހާމަކުރެވެއެވެ. އަދި ކަސްޓަމަރުންނަށް ކެރެކްޓަރުންނާ ވާހަކަ ހިއްސާކޮށް، ސުވާލުކޮށް، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި މި ވާހަކަތަކަށް އާ ފުރާނައެއް ލިބި، މީހުންގެ ޝައުޤުވެރިކަން އިތުރުވާނެއެވެ..
އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އަޅުގަނޑުމެންނާ ގުޅިވަޑައިގެން، އަޅުގަނޑުމެންގެ ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ.
އުރީދޫގެ އޭ.އައި ޗެޓްބޮޓް މެދުވެރިކޮށް ބަޑި އެދުރާ ވާހަކަ ދައްކާލުމަށް https://ore.do/aifolktales