ރައްޔިތުންގެ މަޖިލީހުގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ފުރާވަޑައިގެންފިއެވެ.

މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސް ޕާކިސްތާނުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމީ ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ ހަތަރު މެންބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. އެގޮތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލޭ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް ހިމެނިވަޑައިގަންނަވައެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ މި ދަތުރުފުޅުގައި، ދެ ގައުމުގެ ޕާލަމެންޓްރީ ގުޅުންތައް ވަރުގަދަކުރުމަށް މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން