ޢިބްރަތްތެރި ވާހަކަ: މުސްކުޅިވާ ދުވަހު ހެޔޮލަފާ މަންމަގެ އަގުވަޒަންނުކުރާ ދަރިންނަށް އަގުހުރި ފިލާވަޅެއް ދިން މަންމައެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ޢިބްރަތްތެރި ވާހަކަ: މުސްކުޅިވާ ދުވަހު ހެޔޮލަފާ މަންމަގެ އަގުވަޒަންނުކުރާ ދަރިންނަށް އަގުހުރި ފިލާވަޅެއް ދިން މަންމައެއްގެ ވާހަކަ-

މަންމަގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ. ކުޑައިރު ފިރިމީހާ ނިޔާވުމުން ގެންގުޅެ ބޮޑުކުރީ ވަރަށް ބުރަ މަސައްކަތުންނެވެ. ބޮޑުވެ ވަޒީފާ އަދާކުރަން ފަށައި ކައިވެނިކޮށްގެން ދިރިއުޅެން ބޭނުންވީ ބައްޕަ ފަރާތު ކާފަގެ ގެއިން ބައްޕައަށް ލިބިފައިވާ އެޕާޓްމަންޓްގައެވެ.  

މަންމަ އެކަމަށްވެސް އެއްޗެއް ނުބުނެއެވެ. އެފުރުޞަތު ދަރިފުޅަށް ދިނެވެ. ދުވަސްކޮޅެއްފަހުން ފުރަތަމަ ފަހަރަށް އައިސްބުނީ އަންހެނުން ވިހައިފިކަމަށާއި އެހެންވެ އެގެއަށް ދުވަސްކޮޅަކަށް ގޮސްދިނުމަށެވެ. އެކަންވެސް މަންމަ ޤަބޫލުކުރިއެވެ.  

އެގޭގައި އުޅެންޖެހުނީ ނޯކަރެއްފަދައިންނެވެ. ކައްކައި ކާންދެމުން ދަރިފުޅުވެސް ބަލައި ގޭގެ މަސައްކަތްވެސް ކުރަމުންނެވެ. އެކަމަކަށްވެސް ބަހެއް ނުބުނެ ކެތްތެރިވީއެވެ. ނަމަވެސް އެވަރަކުންވެސް ނުފުދެއެވެ. މަންމަ ދަރިފުޅުގެ ގައިގައި އަތްލާ ގޮތެއް ކަމަކު ނުދެއެވެ. ކައްކާއިރު ސާފުތާހިރުކަން ކުޑަކަމުން އެއްޗެތި ކިޔައެވެ.  

އެކަންކަމަށް ކެތްކުރަމުންގޮސް ކޮޅުން ލީމާ މަންމަ ބުންޏެވެ. "ދަރިފުޅުގެ ގައިގައި އަތްލަންް ނުއެނގޭކަމަށް އެއްބަސްވަމެވެ. ސާފުތާހިރު ނޫން ކަމަށްވެސް އެއްބަސްވަމެވެ. ނޯކަމަރަކު ހޯދައިގެން ގެންގުޅޭށެވެ. މަންމަ ދެން މިދަނީއެވެ. ކުރިންވެސް ނައިފަދައިން ދުވަހަކު މަންމަ ދެކެލަން ނައިނަމަވެސް މައްސަލައެއް ނެތެވެ." އެހެން ބުނެފައި ނުކުމެގެން ދިއައީއެވެ.  

3،4 ނޯކަރުން ގެންގުޅެން އުޅެގެންވެސް ކަމުދާ މީހަކު ނުފެނުނުތަނުގައި ބޮޑު މުސާރަދޭންޖެހޭތީ ކަންބޮޑުވެ ދެމަފިރިން ކަންބޮޑުވެ މަޝްވަރާކޮށްފައި މަންމަގެ ކިބައިން މާފަށް އެދެން މަންމަ ހޯދަން ދެމަފިރިން ދިއައިރު ކަމަކުދާކަށް ނެތެވެ. ގެކުށްޔަށްދީފައި މަންމަ ފުރައިގެންގޮސްވީ ރަށެއްގައެވެ. މަންމަގެ އެކުވެރިއެއްގެ ގާތުގައެވެ.  

ފޯނުކުރީމައި ބުނީ މިއިންނަނީ އެއްވެސް މަސައްކަތެއް ނުކޮށް ވަރަށް އުފަލުގައި ކަމަށެވެ. ވަޤުތު ހޭދަކުރަނީ އަޅުކަންކުރަން ކަމަށެވެ. އެނބުރި މާލެދާން ބޭނުންނުވާ ކަމަށެވެ.  

މިމަންމައާއިމެދު މިއަދުނޫހުގެ ކިޔުންތެރިން ބުނަނީ ކީކޭހެއްޔެވެ؟ އަހުރެން ބުނާނީ މަންމަ މުސްކުޅިވާ ދުވަހު މަންމަގެ އަގު ވަޒަންނުކުރާ ދަރިންނަށް މަންމަ ހިތާއި ދެކޮޅަށް ނަމަވެސް އެދިނީ ރަނގަޅު ފިލާވަޅެއް ކަމަށެވެ. އަނބިމީހާއަށްޓަކައި މަންމަގެ ހިތުގައި ޖައްސާ ދަރިންނަށް އަގުހުރި ފިލާވަޅެއް ކަމަށެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން