ކުޑަކުދިންގެ ރައްކާތެރިކަމަކީ ހަމައެކަނި އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއް ނޫން ކަމަށާއި އެއީ އިމްތިޔާޒެއް އަދި ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވެފައިވަނީ، މި މުހިންމު ދުވަސް ފާހަގަކުރަމުންދާއިރު، ކޮންމެ ކުޑަކުއްޖަކަށްވެސް ރައްކާތެރިކަމާއި އަޅާލުން ދިނުމަށް އަޅުގަނޑުމެން ވެފައިވާ އަހުދު އައު ކުރަން ޖެހޭ ކަމަށެވެ.
"ކުޑަކުދިންގެ ރައްކާތެރިކަމަކީ ހަމައެކަނި އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއް ނޫން، އެއީ އިމްތިޔާޒެއް އަދި ޝަރަފެއް،" ސާޖިދާ ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުއްޖާ ވިހެއުމުން ފެށިގެންވެސް ރައްކާތެރިކަން ލިބޭކަން ކަށަވަރުކުރުމަށާއި ކުޑަކުދިންގެ މުސްތަޤުބަލު ރައްކާތެރިކުރުމަށް ކަނޑައެޅޭ ސިޔާސަތުތަކަށް އިންވެސްޓް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށް އިސްކަންދިނުމަކީ މުޖުތަމައުގެ ފެންވަރުގައި ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވައި، މިކަމުގައި އެންމެންގެ ބައިވެރިވުން މުހިންމުކަމަށް ސާޖިދާ އިތުރަށް ވިދާޅުވެފައިވެއެވެ.