ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އާއްމުކޮށް ބޭނުންކުރާ، މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެސްޓީއޯއިން އެތެރެކުރުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އާއްމުކޮށް ބޭނުންކުރާ، މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެސްޓީއޯއިން އެތެރެކުރުން: ރައީސް

ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އާއްމުކޮށް ބޭނުންކުރާ، މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެސްޓީއޯއިން އެތެރެކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިކަން ރައީސް ފާހަގަކުރެއްވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ދެއްކެވި ވާހަކަފުޅުގައެވެ. މިގޮތުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ މޭވާ އާއި ތަރުކާރީ އަދި އާއްމުކޮށް ބޭނުންކުރާ ބައެއް އެހެން ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، އެސްޓީއޯއިން މިހާރު އެތެރެކުރަންޖެހެނީ ހަމައެކަނި ކާޑުގެ ބާވަތްތައް އެކަންޏެއް ނޫނެވެ. "އަޅުގަނޑުމެން މި ހުރިހާ ކަމެއް ހަމަ ނަންބަރސް ޖަހައިގެން ދިރާސާކޮށް ހަދާފައި، މިވަނީ ކިހިނެއްކަން އަޅުގަނޑުމެން ރަނގަޅަށް ބަލާފައި، މި ނިންމީ މިކަން ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް" ރައީސް ވިދާޅުވިއެވެ.

މި ނިންމުމަކީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މި ނިންމުމާއެކު ރާއްޖޭގެ ކާބޯތަކެތީގެ ބާޒާރަށް އިތުރު ހަރުދަނާކަމެއް ގެނެސްދޭނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން