އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯ ނަސަންދުރާއިން ހާއްސަ އޮފާރތަކެއް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 39ސ
އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯ ނަސަންދުރާއިން ހާއްސަ އޮފާރތަކެއް

އުރީދޫ ކްލަބް ޕްރިމިއާގެ އައު ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރަ އަށް މަރުޙަބާ ކިޔައިފިއެވެ. މި ޕާޓއނަރޝިޕާއެކު އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް މާލޭގެ އެންމެ މަޝްހޫރު އެއް ހޮޓެލްއިން ކެއުންތަކާއި އިވެންޓްތައް ބޭއްވުމުގައި ވަރަށް ޚާއްޞަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ހިތްފަސޭހަ މާޙައުލަކާއި، ފެންވަރު ރަނގަޅު ޚިދުމަތްތަކާއި، އަދި މޮޅު ކެއުންތަކުގެ ލިބިގެންދާ ބާސެލޯސްވެފައިވަނީ  ޚާއްޞަ މުނާސަބަތުތައް ފާހަގަކުރުމަށް އަދި ރައްޓެހިންނާއި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް އެންމެ މަގުބޫލު ތަނަށެވެ

މި ޕާޓްނަރޝިޕްގެ ތެރެއިން، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްސަ އޮފަރތަކެއްގެ ދަށުން، އަމިއްލަ އިވެންޓްތަކަށް ބާސެލޯސް ބުކްކުރުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.

މީގެ އިތުރުން، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯސްގެ އެންމެ މަޤްބޫލު އައުޓްލެޓްތަކުން %10  އާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މި ޑިސްކައުންޓް ލިބޭ ތަންތަނުގެ ތެރޭގައި އަލިމަސް ކެފޭ އެންޑް ލައުންޖް، ބީ-ހެވަން، އަދި އޮއިވަރު ރެސްޓޯރަންޓް ހިމެނެއެވެ

އުރީދޫ ކްލަބް ޕްރިމިއާގެ އެންމެ އައު ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރައަށް އަޅުގަނޑުމެން ވަރަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ. މި ޕާޓްނަރޝިޕާއެކު އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ބާސެލޯ ނަސަންދުރާ އިން ހާއްސަ އިނާޔަތްތަކެއް ލިބިގެންދާނެއެވެ. އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް އުރީދޫއިން ދެމުންދާ ހާއްސަ ސާވިސްގެ އިތުރުން ޕްރިމިއަމް ޕާޓްރަނުންނާއިއެކު އިތުރު ފުރިހަމަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް މިދަނީ މަސައްކަތް ކުރަމުންނެވެ ." ހުސައިން ނިޔާޒް، ސީސީއޯ

"އުރީދޫ މޯލްޑިވްސް ކްލަބް ޕްރިމިއަރ ޕްރޮގްރާމްގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. ބާސެލޯ ނަސަންދުރަ މާލެއިން އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހާއްސަ އިނާޔަތްތަކެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އެންރިކް ރެއިނާ، ބާސެލޯ ނަސަންދުރަ މާލޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ 

މި ޕާޓްނާޝިޕަކީ އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާތަކާއި ޕްރިމިއަމް މަންފާތައް ރާއްޖޭގައި ފޯރުކޮށްދީ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެެއް ގެނެސްދިނުމަށް އަބަދުވެސް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެކެވެ.

އުރީދޫ ކްލަބް ޕްރިމިއާއަކީ އުރީދޫގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުފައްދާފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ގިނަ އަދަދެއްގެ ޚާއްޞަ އިނާޔަތްތަކާއި، ޑިސްކައުންޓްތަކާއި، ތަޖުރިބާތައް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.                      

މިއަދު އޮންލައިން