އަންނަ މަހުގެ 15 ގެ ކުރިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވި ބާވަތްތައް ލިބެންހުންނާނެ: އެސްޓީއޯ

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
އަންނަ މަހުގެ 15 ގެ ކުރިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވި ބާވަތްތައް ލިބެންހުންނާނެ: އެސްޓީއޯ

އަންނަ މަހުގެ 15 ގެ ކުރިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވި 23 ބާވަތުގެ ތަކެތި ބާޒާރުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ބުނެފައިވާގޮތުގައި، މި ބާވަތްތައް ރާއްޖެ އެތެރެކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިގޮތުން މިހާރުވެސް އެ ކުންފުނިން ދަނީ ސައުތު އެފްރިކާއިން އެތެރެކުރާ އޮރެންޖް ކިލޯއެއް 35 ރުފިޔާގެ ރޭޓުން ވިއްކަމުންނެވެ.

އާންމު ބާޒާރުގައި ކެއިންބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުތައް އެކި ދުވަސްވަރު އުފުލި، ބައެއް ފަހަރު އަތްނުފޯރާ ހިސާބަށް ދިއުމާ ގުޅިގެން، އާންމުންގެ ފަރާތުން މިކަމާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

މި މައްސަލައަށް ހައްލެއް ހޯދައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރައްވައި، މި ތަކެތި ހެޔޮ އަގުގައި އާންމުންނަށް ފޯރުކޮށްދިނުމުގެ ޒިންމާ އެސްޓީއޯއާ ހަވާލުކުރައްވާފައެވެ.

އެސްޓީއޯގެ މި މަސައްކަތުގެ ސަބަބުން އަސާސީ ކާބޯތަކެތީގެ އަގުތައް ތިރިވެ، އާންމު ރައްޔިތުންނަށް ލުއިފަސޭހަވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން